May 25, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންސާނީ ހައްގުތަކުގެ މައްސަލައިގައި ނޯވޭއާއި އިންޑިއާގެ ގުޅުން ގޯސްވެ، ޑިޕްލޮމެޓުން ބޭރުކުރަން އަންގައިފި

Aiminath Sarah
އައިމިނަތް ސާރާ
May 19, 2026, 10:21 PM
މާލެ ސިޓީ

އިންސާނީ ހައްގުތަކާ ހިލާފުވާ ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިންޑިއާގެ ޑިޕްލޮމެޓުން ދައްކާފައިވާ ތިން ވަނަ ދަރަޖައިގެ ސުލޫކުގެ ސަބަބުން، އިންޑިއާއާ އެކު ކުރިއަށް އޮތް އެއްބަސްވުންތައް ނޯވޭއިން ކެންސަލް ކުރުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ. މި މައްސަލައިގައި ދެ ގައުމުގެ ސިޔާސީ ގުޅުމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

Advertisement

މިކަމާ ގުޅޭ ރިޕޯޓްތައް ބުނާ ގޮތުގައި، ނޯވޭގައި ތިއްބަވާ އިންޑިއާގެ އޮފިޝަލުންނަށް 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ފުރައިގެން ދިއުމަށް ނޯވޭ ސަރުކާރުން މިހާރު ވަނީ އަންގާފައެވެ. މިއީ އިންޑިއާގެ ޑިޕްލޮމެޓުންގެ ފަރާތުން ފެނުނު ބަލައިގަނެވޭނެ ފަދަ ކަންކަމެއް ނޫން ކަމަށް ބެލެވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އިންޑިއާގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާ ގުޅޭ ގޮތުން ނޯވޭގެ ކަމާބެހޭ ފަރާތްތަކުން ސުވާލު ކުރުމުންނެވެ. އެ ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި އިންޑިއާގެ ޑިޕްލޮމެޓުން ވަނީ ވަރަށް ދަށު ދަރަޖައިގެ އަދަބާ ހިލާފު އަމަލުތަކެއް ދައްކާފައެވެ.

މި މައްސަލައާ ގުޅިގެން ނޯވޭއިން ވަނީ އިންޑިއާއާއެކު ކުރަން ރާވާފައިވާ މުހިންމު އެއްބަސްވުންތަކާ މެދު އަލުން ވިސްނަން ފަށާފައެވެ. އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރާ އަދި ޑިޕްލޮމެޓިކް މިންގަނޑުތަކާ ހިލާފުވާ ގައުމަކާއެކު ގުޅުން ބޭއްވުމަކީ ނޯވޭއިން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށް ބެލެވެއެވެ.

މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާގެ އަބުރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް އިންޑިއާއާ މެދު މިފަދަ ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved