May 25, 2026
Advertisement
އަޟްޙާ ޢީދު ދުވަހުވެސް މޫސުން ގޯސް، ސަމާލުވުމަށް އިލްތިމާސް!
އަޟްޙާ ޢީދު ދުވަހުވެސް މޫސުން ގޯސް، ސަމާލުވުމަށް އިލްތިމާސް! / ސޯޝަލް މީޑިއާ

އަޟްޙާ ޢީދު ދުވަހުވެސް މޫސުން ގޯސް، ސަމާލުވުމަށް އިލްތިމާސް!

May 24, 2026, 07:50 PM
މާލެ ސިޓީ

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަންނަ ބުދަ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން މެދުރާއްޖެ ތެރެއާއި އުތުރަށް ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ދެކުނަށް ކުޑަކޮށް މޫސުން ރީތިވާނެ ކަމަށެވެ.

މީގެ އިތުރުން ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ހޯމަ ދުވަހުން ފެށިގެން އިތުރަށް ވައިބާރުވެ، ހުކުރު ދުވަހާ ހަމައަށް  ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިން ވަނީ ލަފާ ކޮށްފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6 ނުވަތަ 3 ފޫޓު ހުންނާނެ ކަމަށެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 27 މެއި 2026 ވާ ބުދަ ދުވަހެވެ. އަދި އީދާ ގުޅިގެން މިހަފްތާ އެއްކޮށް ސަރުކާރު ވަނީ ބަންދު ކޮށްފަ އެވެ. އެއާއެކު ގިނަ ބަޔަކު ދަނީ އެކި ރަށްތަކަށް ދަތުރު ކުރަމުންނެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved