April 17, 2026
Tv
Advertisement
-
- / ރާއްޖެއެމްވީ

ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމާއި ދެކޮޅަށް މަޖިލިސް މެންބަރު ސައުދު ވާހަކަދައްކައިފި

Aminath Zara
އައިމިނަތު ޒާރާ
Nov 20, 2024, 05:13 PM
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމާއި ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރު ސައުދު ވާހަކަ ދެއްކެވުމާއި ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމުން އެކަމުގެ ސަބަބުން ގައުމަށް ލިބެނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ވިސްނުން މުހިއްމު ކަމުގައެވެ.

އިޒްރޭލްގެ ޕާސްޕޯޓް މަނާކުރީމަ އަޅުގަނޑުމެންގެ ރާއްޖެއަށް ވާނީ ފައިދާތޯ ގެއްލުންތޯވެސް އެކަން ނިންމުމުގެ ކުރިން އަޅުގަނޑުމެން ވިސްނަން ޖެހޭ

އެމްޕީ ސައުދު

މީގެ އިތުރުން، ރާއްޖޭގެ ހާލަތު މިއަދު އޮތީ ވަކި ގައުމެއް ނުވަތަ މީހަކާއި ޖެހިގަނެގެން ކުރިއަށް ދެވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށް ސައުދު ފާހަގަކުރެއްވިއެވެ.

މިއާއި އެކު ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުގެ ކުދި ބޮޑެތި އެންމެން ކަހަލަ ގޮތަކަށް ޝަހީދުކުރަމުން ދާއިރު އެ މީހުންނަށް ހަމްދަރުދީ ވުމުގެ ބަދަލުގައި ސައުދު ވަނީ ސަހްޔޫނީންގެ ހައްގުތައް އިސްކުރުމަށް ގޮވާލާފައެވެ.

އެހެންކަމުން، ސަރުކާރުގެ މަންދޫބަކު ގާނޫނޫ ހަދާ މަޖިލީހުގައި މިހާ ފާޅުކަންބޮޑު ގޮތެއްގައި ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމަށް ދެކޮޅު ހެދުމުން މި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.

މިއާއި އެކު، ސަރުކާރަށް ނިސްބަތްވާ އިތުރު މެންބަރުންވެސް ޕާސްޕޯޓް މަނާކުރުމާއި ދެކޮޅު ހައްދަވާ މީގެ ކުރިންވެސް ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ.

Comment
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved