އޭނާ ބަންދުގައި ބެހެއްޓުމަށްފަހު ބަންދުގެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފައެވެ.
މިކަން ހާމަވެފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމު އިއްޔެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައިންނެވެ.
ޒިފްލީނާ ފުލެޓު ބައްލަވައިގެންނެވި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ފުލުހުންނެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ފުލެޓު މައްސަލަ އަމިއްލަ ފަރާތަކުން ފުލުހުންގެ އިދާރާއަށް ހުށަހެޅުމާ ގުޅިގެންނެވެ.
މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދާކަމަށް ޒައިދާންގެ މައްޗަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނި
މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭކަމަށް ފުލުހުން ބުނޭ
ނޫސް ބަޔާންގައި އިތުރަށް ބުނެފައިވަނީ، ޑިމޮކްރެޓިކް މުޖުތަމައެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް، އިޚްތިރާމް ކުރަންޖެހޭ ކަމަށާ އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަނެވި، ހެޔޮވެރިކަމެއްގެ އުސޫލުތަކާއި ޚިލާފުވެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ފިލި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރުމުން މައްސަލައިގެ ތަހުގީގު ވަނީ ފަށަފައެވެ. އަދި ސައިކަލް ދުއްވަން އިން މުހައްމަދު ނާޝިއު 20، ގއ. މާމެންދޫ، މޫންލައިޓްވިލާ، ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު ހިފަހައްޓާފައިވާ ކަމަަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު މަރުވި މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެޗްއާރްސީ އިން އެދިއްޖެ އެވެ.
ފަޒުލްގެ މައްޗަށް މިހާރު ކުރާ ތަހުގީގުގެ ކުރިއަށް ގެންދަނީ އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.