ޕީއެންސީގެ ކެންޑިޑޭޓު ބަދަލުކުރަނީ މިހާރު ހުރި ބޭފުޅާގެ ސިއްހީ ހާލަތު ތަންނުދޭ ކަމަށްބުނެ ބޮޑު ސްކޭމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހ. ހުދުފިނިފެންމާގޭގައި މީހުން ތިއްބައި، އެ ގޭގެ ދޮރު ބަންދުވާ ގޮތަށް ވަށާފާރެއް ރާނާ އެގޭގައި ދިރިއުޅެމުން ދިޔަ މީހުން ގޭތެރޭގައި ތާށިކޮށްލާފައިވަނީ އިއްޔެރޭ އެމީހުން ނިދާފައި ތިއްބައެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ހަތަރު ވަނަ ދައުރުގެ 182 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު ވިދާޅުވީ، ބެންކޮކްގައި ސްޕާތައް ހުންނަ ގޮތަށް ރާއްޖޭގައި ސްޕާތައް ހެދުމުން، ބަލި މީހުންނަށް ވެސް ފަސޭހަތައް ލިބޭނެ ކަމަށެވެ.
އެގޮތުން މި ފަހަރު ފަޅާއަރާފައިވަނީ، މޭޔަރ މުއިއްޒު މާލޭ ރޯމަސް މާރުކޭޓު މަތިން އެއްބަސްވުމަކާއި ނުލައި ތިން ފިހާރަ އަކާއި ލޭބާ ކުއާޓާއެއް ދޫކުރި މައްސަލައެވެ.
ޖަމާއަތްތެރިންނާއި ގަބުރުސްތާން މަސައްކަތު އެލަވަންސަކީ އަތޮޅުތަކުގެ ރަށްރަށުގައި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެކެވެ. މި އެލަވަންސް އުވައިލި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާއަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވައިފައެވެ. ނަމަވެސް ނަރީޝްގެ ސިޓީގައި އިސްތިއުފާ ދެއްވާ ސަބަބު ބަޔާންކުރައްވާފައިނުވެއެވެ.
ޖަލްސާގެ ތިން މައްސަލައެއް ކުރިއަށް ގެންގޮސް ހަތަރު ވަނަ މައްސަލައެއްގެ ގޮތުގައި ބިންތަކާ ބެހޭ މައްސަލަ ފެށުމާއެކު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ ކައުންސިލަރު، ފާތިމަތު ޝައުފާ ސަލީމް އާއި ގަލޮޅު މެދު ދާއިރާގެ ޕީއެންސީ ކައުންސިލަރު، މަރިޔަމް ރީހާން ނާޒިމް ވަނީ ކައުންސިލްގެ ފްލޯ ދޫކޮށް ގޮސްފައެވެ.
ނަރީޝް ފޮނުއްވި ސިޓީގައި އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ބަޔާންކުރައްވާފައެއް ނެތް
މާލެ ސިޓީގެ ލިޔެކިޔުންތައް ޑީޖިޓަލައިޒު ކުރަން ދީފައިވަނީ "އެކުއަޓައިޒް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކަށެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 208ވަނަ ޖަލްސާގައި އާޒިމް ވަނީ މަސް މާރުކޭޓު މަޝްރޫއުގެ ފަހުގެ އަދާހަމަތަކެއް ހިއްސާކުރައްވާ އާޒިމް ވިދާޅުވީ، މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ފަހު އެއްބަސްވުން ހަދާފައި އޮތީ ކާކު ނިންމައިގެން ކިހިނެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ.