ސަހްޔޫނީން ޣައްޒާގައި ހިނގާ ލާއިންސާނީ އަމަލުތަކަށް ތާއިދު ކުރި ހޮލީވުޑް އެކްޓަރ ޖޭމްސް ވުޑްގެ ގެ ލޮސް އެންޖަލީސްގައި ހިނގަމުންދާ އަލިފާންގަނޑުގެ ތެރޭގައި އަނދައި އަޅިއަށްވެއްޖެއެވެ.
ސީއެންއެންގައި ވާހަކަ ދައްކަމުން އުމުރުން 77 އަހަރުގެ “ވެމްޕަޔަރސް” އަދި “ވަންސް އަޕޮން އަ ޓައިމް އިން އެމެރިކާ” ގެ އެކްޓަރު އެ ހިތާމަވެރި ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން ކަރުނައިން ފުރިގެން ދިޔައެވެ.
އެއްދުވަހު ޕޫލުގައި ފަތާފައި މަޖާ ކުރީ. އަނެއް ދުވަހު ހުރިހާ ކަމެއް ނިމިއްޖެއެވެ.
ލޮސް އެންޖަލީސްގައި މިފަދަ ހާލަތެއް ދިމާވި ދުވަހު ޖޭމްސް ވުޑް މިފަދައިން ރިއެކްޓްކޮށްފައިވާ އިރު އޭނާވަނީ ސަހްޔޫނީންގެ އަމަލުތަކަށް ހިތްވަރުދީ އެ މީހުން ޣައްޒާގައި ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ފަލަސްތީނުގެ 46،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ނިޔާވި މީހުންގެ 70 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 110،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލިފައިވާއިރު، ބައެއް ދިރާސާތަކާއި ތަޖުރިބާކާރުން ދައްކާ ގޮތުގައި ހަގީގީ މަރުތަކުގެ އަދަދު 200،000 އާ ގާތްވެދާނެއެވެ.