theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝާހު ޖަހަން ބިނާ ކުރި ތާޖު މަހަލް ފައްޅިއަކަށް ހަދަން ބޮލީވުޑް އަދި ބީޖޭޕީ އިން މަސައްކަތް ފަށައިފި / ތޭރަގްރެފިކްސް
ހަބަރު
ޝާހު ޖަހަން ބިނާ ކުރި ތާޖު މަހަލް ފައްޅިއަކަށް ހަދަން ބޮލީވުޑް އަދި ބީޖޭޕީ އިން މަސައްކަތް ފަށައިފި
Mariyam Isaadha
މަރިޔަމް އިސާދާ
25 އޮކްޓޯބަރު 2025
މާލެ ސިޓީ

ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖއިބު ކަމުގައިވާ ތާޖު މަހަލްއަކީ ހިންދޫ ފައްޅިއެއްގެ ގޮތުގައި ދެއްކުމަށް ބޮލީވުޑްއާ އަދި ހައްދު ފަހަނަ އަޅާފައިވާ ހިންދޫއިންގެ ޕާޓީ ބީޖޭޕީއިން މަސައްކަތްކަތް ފަށައިިފިއެވެ.

މިކަމާ ގުޅޭ އިންޑިއާގެ ކޮންޓެންޓު ކްރިއޭޓާރަކު ބުނެފައިވަނީ، ތާޖު މަހަލުއަށް ބިނާ ކޮށް އެތަނަކީ ކުރިން "ޝިވް" ޓެމްޕަލް ނުވަތަ ބުދަށް އަޅުކަން ކުރާ ފައްޅިއެއް ހުރިތަނެއް ކަމުގައި ބުނެ ދަނީ ތަނުގެ ހަގީގަތް އޮޅުވާލާ ފިލްމެއްގެ ގޮތުގައި ގެނެސްދިނުމަށް ތައްޔާރުވަމުން ކަމަށެވެ.

މި ފިލްމުގެ ޕްރޮޑިއުސަރަކީ، ބީޖޭޕީގެ އެކްޓިވިސްޓު ސީއޭ ސްރޭޝް ކަމަށާ އަދި ފިލްމުގެ އެކްޓަރަކީ ބީޖޭޕީގެ އެކްޓިވިސް އަދި ބޮލީވުޑް އެކްޓަރ ޕަރޭޝް ރާވަލް ކަމަށެވެ. އަދި މި ފިލްމުގެ ޓްރެއިލަރއަށް އެކަނި ބަލާލުމުންވެސް މިއީ ބީޖޭޕީގެ ޕްރޮޕެގަންޑާއެއް ކަން ސާފުކޮށް ފެނިގެންދާނެ ކަމަށްވެސް އެ ވީޑިއޯގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ފިލްމުގައި ތާޖު މަހަލުގެ އެތެރޭގެ ހަގީގަތްތައް އޮޅުވާލާފައިވާކަމަށް އެ ވީޑިއޯގައި ބުނެފައިވެއެވެ. އެގޮތުން ޕަރޭޝް އެ ފިލުމުގެ ތްރެއިލަރގައި ތާޖު މަހަލުގެ ތިރީގައި އެތެރޭގައި 22 ކޮޓަރި ހންނަ ކަމަށްބުނެފައިވާއިރު، އާކިއޮލޮޖިކަލް ހޯދުންތަކުން ދައްކާ ގޮތުގައި ތާޖު މަހަލުގެ ތިރީގައި ނުވަތަ އަޑީގައި އެއްވެސް ކޮތަރިއެއް ނުހުރެއެވެ.

ތާޖުމަހަލުގައި ތިރިބައިގައި ހުންނަނީ ކޮރިޑޯއަކާ އެކު ހުންނަ 22 ދޮރުފަތްތަކެއް ކަމަށާ އެއީ މުޅިތަން އެއްކޮށް ބޭނުންކުރުމަށް ފަސޭހައަަކަށް ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެތަން ސާފުކުރުމާ ހަވާލުވެފަިއވާ ތަނުގެ މުވައްޒަފަކު ނަން ހާމަނުކުރަން ބުނެ ބުނެފަިއވާ ގޮތުގައި ކަމަށް ރިޕޯޓުކޮށްފައިވަނި އެތަނުގައި އެ ފާރުފިޔަވައި އެހެން އެއްވެސް ފާރެއް ތިރީގައި ނުހުންނާނެ ކަމަށެވެ.

2015ގައި އިންޑިއާގެ ކަލްޗަރ މިނިސްޓްރީއިން އިންޑިއާގެ ގާނޫނީ ހަދާ މަޖިލިސްކަމުގައިވާ ލޯކް ސަބާއަށް ލިޔުމުން އަރުވާފައިވާ ޖަވާބުން ވެސް ހާމަވާ ގޮތުގައި ތާޖު މަހަލުއަކީ ފައްޅިއެއްކަން ހާމަވާނެ އެއްވެސްކަމެއް ފެންނަން ނެތް ކަމަށެވެ. އެގޮތުން އެއީ ފައްޅިއެއް ހުރިތަނެއްގައި ބިނާ ކޮށްފައިވާ އިމާރާތެއް ނޫން ކަމަށާ އަދި އޭގެ އަޑިގައި އެއްވެސް ބުދު ދިނުގެ އަޅުކަން ކުރާ ތަކެތި ރައްކާކޮށްފައިވެސް ނުވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެއީ ހިންދޫއިންގެ ތަނެއްކަން ސާބިތުކޮށް އެތަނުގެ މިލްކިއްޔާތަށް އަރައިގަންނަން ހިންދޫއިންގެ ފަރާތުން ކުރިން ހޖުށަހެޅި ޕެޓިޝަނެއްވެސް ކޯޓުތަކުން ބޭރުކޮށްލާފައިވާކަން ވެސް މި ވޯޑިއޯގައި ހާމަކޮށްފައިވެއެވެ.

އެހެންކަމުން މިއީ މީހުންގެ ސިކުނޑިއަށް ސަވާރުވެ ފައިސާ ހޯދުމަށް ބީޖޭޕީއިން ހިންގަމުންދާ ޕްރޮޕެގަންޑާއެއް ކަމަށް ބުނެފައެވެ.

ތާޖު މަހަލުގެ އަސްލު އޮޅުވާލައިގެން ފިލްމެއް ހަދަން ބީޖޭޕީގެ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ބޮލީވުޑްގެ ފަންނުވެރިން އުޅޭއިރު، މީގެ ކުރިން ވެސް އެތައް ފިލުމެއްގައި ކަންކަމުގެ ހަގީގަތް އޮޅުވާލާފައިކަމަށް ބުނެއެވެ.

އެގޮތުން ޕާދްމަވަތީގައި އަލާއުއްދީން ހިލްޖީ ދުނިޔެއަށް އައީވެސް ޕާދްމަވަތީ މަރުވިތާ 10 އަހަރު ފަހުންކަން ފެންނަން އޮެބައޮތެވެ. ހަމައެހެންމެ ބޯޑަރ ފިލުމުގައި އިންޑިއާއަށް ނަސްރު ލިބުނުކަން ފިލުމުން ދައްކާއިރު ހަގީގަތުގައި ޕާކިސްތާނުންގެ ހަނގުރާމަ ކާމިޔާބުކުރީ ކަޝްމީރުގެ އެއް ފަޅި ޕާކިސްތާުގެ ބެލުމުގެ ދަށަށް ގެންގޮސްގެންނެވެ.

ކަން މިހެން އޮތްއިރު ދިވެހިރާއްޖޭ ދުށް އެންމެ ބިރުވެރި އެއް ދުވަސްކަމުގައިވާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަށް ބޭސްކޮށްވެސް ބޮލީވުޑުުން ފިލްމެއް ހަދަން ދަނީ ތައްޔާރުވަމުންނެވެ. ތަރިއަކީ ރިތިކު ރޯޝަންއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved