May 10, 2026
Advertisement
ސަހްޔޫނީން، ޣައްޒާއަށް ހަދާ ގޮތް އިންޑިއާގެ މުސްލިމުންނަށް ހަދަން ޖެހޭ ކަމަށް ބުނި މީހާ އިންޑިއާގެ ވެސްޓު ބެންގޯލްގެ ސީއެމް ކަމަށް، މޯދީ އުފަލުން ސަޖިދަ ޖަހައިފި
ސަހްޔޫނީން، ޣައްޒާއަށް ހަދާ ގޮތް އިންޑިއާގެ މުސްލިމުންނަށް ހަދަން ޖެހޭ ކަމަށް ބުނި މީހާ އިންޑިއާގެ ވެސްޓު ބެންގޯލްގެ ސީއެމް ކަމަށް، މޯދީ އުފަލުން ސަޖިދަ ޖަހައިފި / ތޭރަގްރެފިކްސް

ސަހްޔޫނީން، ޣައްޒާއަށް ހަދާ ގޮތް އިންޑިއާގެ މުސްލިމުންނަށް ހަދަން ޖެހޭ ކަމަށް ބުނި މީހާ އިންޑިއާގެ ވެސްޓު ބެންގޯލްގެ ސީއެމް ކަމަށް، މޯދީ އުފަލުން ސަޖިދަ ޖަހައިފި

May 9, 2026, 06:30 PM

ސަހްޔޫނީން، ޣައްޒާއަށް ހަދާ ގޮތް އިންޑިއާގެ މުސްލިމުންނަށް ހަދަން ޖެހޭ ކަމަށް ބުނި މީހާ އިންޑިއާގެ ވެސްޓު ބެންގޯލްގެ ސީއެމް ކަމަށް އިންތިހާބުވުމުން ޔަހޫދީ ބޮޑުވަޒީރު ނަރެންދްރަ މޯދީ އުފަލުން ސަޖިދަ ޖަހައިފިއެވެ.

Advertisement

ބީޖޭޕީގެ ގާނޫނު ހަދާ މަޖިލީހުގެ ޕާޓީގެ ލީޑަރު ސުވެންދޫ އަދީކާރީ ވަނީ ހުޅަނގު ބެންގަލްގެ ޗީފް މިނިސްޓަރު ކަމަށް ހޮނިހިރު ދުވަހު ހުވާކޮށް، އެ ސްޓޭޓްގެ ފުރަތަމަ ބީޖޭޕީ ސަރުކާރުގެ އިސްވެރިއަކަށް ވެފައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޔޫނިއަން މިނިސްޓަރުންނާއި އެންޑީއޭގެ ވެރިކަންކުރާ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނާއި ބީޖޭޕީގެ އިސް ލީޑަރުންގެ ހާޒިރުގައި ބްރިގޭޑް ޕެރޭޑް ގްރައުންޑްސްގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ގަވަރުނަރު އާރްއެން ރަވީ އަދީކާރީއަށް މަގާމުގެ ހުވާލައިދީފައިވެއެވެ.

294 މެންބަރުންގެ އެސެމްބްލީގެ 207 ގޮނޑި ބީޖޭޕީއަށް ކަށަވަރުކޮށްދީ، އެ ސްޓޭޓްގައި ޓްރިނަމޯލް ކޮންގްރެސްގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައިއިރު، ސުވެންދޫ އަދިކާރީއަކި މުސްލިމުންނާ ދެކޮޅު ޝުއުުރުތައް އިންތިހާއަށް ފާޅުކުރާ މީހެކެވެ. ހައްދު ފަހަނަ އަޅާފައިވާ ބީޖޭޕީގެ މެމްބަރަކަށް މިހާރު ހުރި އަދިކާރީއަކީ އިސްރާއީލުން ޣައްޒާގެ މުސްލިމުންނާ މެދު ހިންގާ ލާއިންސާނީ ކަންކަން އިންޑިއާގެ މުސްލިމުންނާ މެދު ވެސް ހިންގަން ޖެހޭ ކަމަށް ބުނެ މުސްލިމުންނަށް އަނިޔާވެރިވާން ވާގިވެރިވާ މީހެކެވެ.

މީގެ އިތުރުން އޭނާއަކީ މީގެ ކުރިން މޯދީއާ އިދިކޮޅު ޕާޓީއެއްގައި ހުރިއިރު، ރިޝަވތު ނެގިކަމުގެ ހެކި ވެސް އޭނާއާ ދެކޮޅަށް ހުރި މީހެކެވެ. އެގޮތުން 5 ލައްކަ ރުޕީސް ރިޝްވަތުގެ ގޮތުގައި އޭނާ ނަގާ  ސްޓިންގ އޮޕރޭޝަނެއްގެ ލައިވް ވީޑިއޯއެއް ދައުރުވެފައިވެއެވެ. އެ ވީޑިއޯ ބީޖޭޕީއިން އެ ޕާޓީގެ ޔޫޓިއުބުގައިވެސް އަޕްލޯޑުކޮށްފައިވެއެވެ. އޭރު އޭނާ ހުރީ މަމްތާ ބެނާރްޖީގެ ޓީއެމްސީ ޕާޓީގައެވެ. އަދި އޭރު މޯދީ ވަނީ އެކަމަށް ފާޑުކިޔާ ލައިވް ޕޯޑިއަމްތަކުގައި އަދިކާރީއަށް މަލާމާތްވެސް ކޮށްފައެވެ.

އޭގެ ފަހުން އަދިކާރީގެ ގެއަށް ސީބިއައި ރެއިޑް ޖެހުމުން އެނާ ޖަލަށް ދާން ޖެހިދާނެކަމުގެ ބިރާއެކު އަދިކާރީ ޕާޓީ ބަދަލުކޮށް ބީޖޭޕީއާ ގުޅުނު ހިސާބުން މައްސލަަތައް އޮބިގެން ދިޔައެވެ. އަދި ކުރިން އަޕްލޯޑްކޮށްފައި ހުރި އަދިކާރީގެ ރިޝްވަތު ނެގި ވީޑިއޯތައްވެސް ބީޖޭޕީގެ ޔޫޓިއުބު ޗެނަލުން ޑިލީޓުކޮށް މޯދީވެސް ދެއްކި ވާހަކަތައް އޮޅުވާލާފައިވެއެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved