March 16, 2026
Advertisement
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް އައްޔަންކުރި ސީއޯއޯ ސަބީހާ އަޙްމަދު
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް އައްޔަންކުރި ސީއޯއޯ ސަބީހާ އަޙްމަދު / ސޯޝަލް މީޑިއާ

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އައްޔަންކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 29, 2025, 10:17 PM
މާލެ ސިޓީ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް އެ ތަނުގެ ސީއޯއޯގެ މަގާމުގައި ހުންނެވި އަދި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ސަބީހާ އަހްމަދު އައްޔަންކޮށްފިއެވެ.

Advertisement

ސަބީހާ އަހްމަދު ވަނީ މީގެކުރިން ޖުމޭރާ ގްރޫޕް، ފެއާމޮންޓް މޯލްޑިވްސް އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޭލްސް އެންޑް މާކެޓިން ދާއިރާގައި މަސައްކަތް ކުރައްވައިފައެވެ.

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އައްޔަންކުރުމަކީ ބޯޑަށް މާކެޓިން ދާއިރާއިން އިތުރު ތަޖުރިބާ އާއި ހުނަރުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

ބޯޑުގައި ސަބީހާގެ އިތުރުން ދެން ތިއްބަވަނީ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒް އާއި ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީގެ އިތުރުން ނޮން އެގްޒެކެޓިވް ޑިރެކްޓަރުން ގޮތުގައި ތިއްބަވާ މާހާ ނަޒީރާއި އާމިނަތު ވުލާއު މުހައްމަދު ނާޒިމް އާއި އަބްދުލް ސަމީއު އިމާދު އަދި އައިޝަތު ހަމީދު އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved