April 25, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއްް, ހަތް މީހަކު ނިޔާވެ, 150އަށްވުރެ ގިނަ ބަޔަކަށް އަނިޔާވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Nov 3, 2025, 09:10 PM

އަފްޣާނިސްތާނުގެ އުތުރުގެ މަޒާރް ޝާރިފް ސަރަހައްދަށް 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމުގައި ހަތް މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.

Advertisement

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ރޭ މެންދަމު 12:59 ގައި މަޒާރު-އި-ޝާރިފް ކައިރިން ކަމަށެވެ.

މަޒާރް ޝަރީފް ކައިރީގައި އޮންނަ ސަމަންގަން ޕްރޮވިންސްގެ ޕަބްލިކް ހެލްތު މިނިސްޓްރީގެ ތަރުޖަމާން ސާމިމް ޖޮޔަންޑާ ރޮއިޓާސް އަށް ވިދާޅުވީ މި ބިންހެލުމާއި ގުޅިގެން މިއަދު ހެނދުނާއި ހަމައަށް 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެ، ހަތް މީހަކު މަރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި އަދަދުތައް ލިބިފައިވަނީ މިއަދުގެ ހެނދުނު އެކުލަވާލި ހޮސްޕިޓަލުގެ ރިޕޯޓުތަކުން ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގެ ވީޑިއޯތަކާއި ވެއްޓިފައިވާ އިމާރާތްތަކުގެ ފޮޓޯތައް މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯތަކާއި ފޮޓޯތައް ރޮއިޓާސް އަށް އަދި ކަށަވަރު ކުރެވޭ ގޮތް ނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved