April 25, 2026
Advertisement
..
.. / ރޮއިޓަރސް

އަފްޣާނިސްތާން ބިންހެލުން: މަރުވި މީހުންގެ އަދަދު 20 އަށް އަރައިފި

Yana Shareef
ޔާނާ ޝަރީފް
Nov 4, 2025, 02:20 AM

އަފްޣާނިސްތާނުގެ އުތުރުގެ މަޒާރީ ޝާރިފް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.

Advertisement

އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނީ، ސަލާމަތީ މަސައްކަތްތައް ކުރިއަށްދާ ވަރަކަށް މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ހާދިސާގައި އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް ފަސްލައްކަ މީހުން ދިރިއުޅެމުންދާ އަފްޣާނިސްތާނުގެ އެންމެ ބޮޑު އެއް ސިޓީ މަޒާރީޝަރީފް ކައިރިއަށް 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައީ އެ ގައުމުގެ ގަޑިން ދަންވަރު 01:00 ހާއިރެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާ ގޮތުގައި 6.3 ގެ މެގްނިޓިއުޑް އަދި 28 ކިލޯމީޓަރު (17 މޭލު) ފުންމިނުގައި އައި މި ބިންހެލުން އޮރެންޖް އެލާޓް ލެވެލްގައި ފާހަގަކޮށްފައިވާއިރު، މިއީ "ބޮޑެތި ގެއްލުންތަކެއް" ލިބުން އެކަށީގެންވާ ބިންހެލުމެއް ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

ތާލިބާން ސަރުކާރުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 530 އަށް ވުރެ ގިނަ މީހުންނަށް ވަނީ މި ބިންހެލުމުގެ ސަބަބުން އަނިޔާވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved