April 25, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ހައްދުފަހަނައެޅި މޯދީއާއި އެއްކޮށް ދިފާއީ އެއްބަސްވުން ހަދައިގެން ތިބި ތާލިބާނުންނަށް ޗައިނާގެ މެސެޖެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 15, 2025, 11:08 PM

ޗައިނާގެ ސްޓްރެޓެޖިކް ރިސާޗް އިންސްޓިޓިއުޓް (އެސްއާރުއައި) އިން މޯދީއާއި އެއްކޮށް ދިފާއީ އެއްބަސްވުން ހަދައިގެން ތިބި ތާލިބާނުންނަށް  ވަރުގަދަ މެސެޖެއް ދީފިއެވެ.

Advertisement

މި މެސެޖުގައި އަފްޣާނިސްތާނަކީ މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބޮޑު ޓްރާންސިޓް އަދި ވިޔަފާރީގެ މަރުކަޒަކަށް ވުމުގެ ގާބިލްކަން އޮތް ގައުމެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައިވެއެވެ.

ޖިއޮގްރަފީގެ ގޮތުން އަފްޣާނިސްތާން އޮންނަ ސަރަހައްދަކީ އޭޝިއާގެ ހުރިހާ ގައުމުތައް ގުޅުވާލެވޭނެ ގައުމެއް ކަމަށާއި ރަނގަޅު ސްޓެބިލިޓީއާއި އިންފްރާސްޓްރަކްޗާ ލިބިއްޖެނަމަ، މުދަލާއި ހަކަތަ ފޯރުކޮށްދިނުމާއި، ވިޔަފާރީގެ ގޮތުން ވަރަށް ބޮޑަށް މި ސަރަހައްދު ކުރިއަރައިގެންދާނެ ކަމަށެވެ.

ނަމަވެސް ސަރަހައްދީ ހަމަނުޖެހުންތައް ބޮޑުވެ އެއް ގައުމު އަނެއް ގައުމާއި ޚާރިޖީ ގޮތުން ގުޅުން ކުޑަވުމުގެ  ސަބަބުން މިފަދަ ލަނޑުދަނޑިތައް ހާސިލުކުރުމަށް އުނދަގޫތައް ކުރިމަތިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިގޮތުން އަފްޣާނިސްތާނުން ވަނީ އަނިޔާވެރި މޯދީ ސަރުކާރަާއި އެއްކޮށް ދިފާއި އެއްބަސްވުންތައް ހަދާ ޕާކިސްތާނަށް މިފަހުންވެސް ހަމަލާތައް ދީ ހަނގުރާމަ ފެށުމަށް މަސައްކަތް ކޮށްފައެވެ. އިންޑިއާއިން އަންނަނީ ޕާކިސްތާނާއި ދެކޮޅަށް އެހެން ގައުމުތަކުގެ ބޭނުންކޮށްގެން ހަނގުރާމަކޮށް ޕާކިސްތާނުގެ ބާރު ކަނޑުވާލުމަށް މަސައްކަތްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved