March 23, 2026
Advertisement
-
- / ސީ.އެން.އެން

ސަހްޔޫނީންގެ ރަހުމެއްނެތް ހަމަލާތަކުގައި ދެ ތުއްތު ފުރާނަ ވަކިވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 5, 2026, 12:23 AM
މާލެ ސިޓީ

ސަހްޔޫނީންގެ އިސްތިއުމާރީ ބާރުތަކުން މިއަދު ހެނދުނު ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ލާމަސީލު އަދި ރަހުމެއްނެތް ވައިގެ ހަމަލާތަކުގައި، ފަލަސްތީނުގެ ކުށެއްނެތް ގިނަ ރައްޔިތުންތަކެއް ޝަހީދުކޮށްލައިފިއެވެ.

Advertisement

މިއަދުގެ މި ހިތާމަވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ދެ ތުއްތު ކުދިން ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި ދެ ކުދިން ޝަހީދުވެފައިވަނީ އެކުދިން ނިދާފައި ތިއްބާ ދިން ހަމަލާއެއްގައި ގެދޮރު ސުންނާފަތިވެ އެ ކުދިންގެ ގަޔަށް ގެ ވެއްޓުމުންނެވެ.

ސަހްޔޫނީންގެ މި އުދުވާނީ ހަމަލާތައް އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. މިއީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ނައްތާލުމަށް ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ހިނގި އިތުރު ހިތްދަތި ހާދިސާއެކެވެ.

މި ހަމަލާއާ ގުޅިގެން ޣައްޒާގެ ހޮސްޕިޓަލްތަކަށް ގިނަ އަދަދެއްގެ ޒަޚަމްވީ މީހުން އުފުލާފައިވާއިރު، އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިއްހީ ފަރާތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ސަހްޔޫނީންގެ މި އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved