
އިސްތިޢުމާރީ ސަހްޔޫނީ ސިފައިން ޣައްޒާގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް އެމެރިކާއިން ފޯރުކޮށްދޭ އެންމެ ނުރައްކާތެރި އަދި ލާއިންސާނީ ހަތިޔާރުތައް ބޭނުންކުރަން ފަށައިފިއެވެ. ފަހުގެ ރިޕޯޓްތައް ބުނާގޮތުން، ސަހްޔޫނީން ދަނީ ޣައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް 'ތަރމޯބަރިކް' ނުވަތަ ޕްރެޝަރ ބޮންތައް އުކަމުންނެވެ.
މި ބޮންތަކަކީ ގޮވާ ވަގުތު ގާތްގަނޑަކަށް 3,500 ޑިގްރީ ސެލްސިއަސްގެ ގަދަ ހޫނުމިނެއް އުފައްދާ އެއްޗެކެވެ. މިފަދަ ބޮމެއް ގޮވާ ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކު ފިހިގެން މަރުވާއިރު، މިއީ އެއްވެސް ރަހުމެއް ނެތް ގޮތުގައި ހިންގާ ގަތުލުއާންމެއްކަން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފާހަގަކުރަމުންނެވެ.
އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއެކު ސަހްޔޫނީން ހިންގާ މި ޖަރީމާތަކުގެ ސަބަބުން ޣައްޒާގެ މުޅި ސަރަހައްދުތައް ދަނީ އަޅިއަށް ވަމުންނެވެ. އިންސާނީ އެއްވެސް އަސަރެއް ނެތް މި ހަމަލާތަކުގައި ބޭނުންކުރާ ޕްރެޝަރ ބޮންތަކުގެ ސަބަބުން، އިމާރާތްތަކުގެ ތެރޭގައި ތިބޭ މީހުންގެ އެތެރެހަށީގެ ގުނަވަންތައް ފަޅައިގެން ގޮސް، ބޭރުފުށުން ފެންނަން ނެތް ނަމަވެސް އެތައް ސަތޭކަ ބަޔަކު ދަނީ ޝަހީދުވަމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ލާއިންސާނީ އަމަލުތައް ކުށްވެރިކުރަމުން ދާއިރުވެސް، ސަހްޔޫނީންނާއި އެމެރިކާއިން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހައި، ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ މަސައްކަތް ހުއްޓުމެއްނެތް ގޮތުގައި ކުރިއަށް ގެންދަމުންނެވެ.










