
ޕާކިސްތާނުގެ ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.
ޕާކިސްތާނުގެ ޤައުމީ ދުވަސް ޖުމްހޫރީ މޯލްޑިވްސްގައި 23 މާރޗް 2026 ގައި ފާހަގަކުރީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރަސްމިއްޔާތުގައި ޕާކިސްތާނުގެ ގައުމީ ދިދަ ނަންގަވާ ދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް (ރ) ފައިސަލް ރަސޫލް ލޯދީއެވެ. ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ޕާކިސްތާނުގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުތަކުގެ މެނޭޖްމަންޓާއި ކޯޗުންނާއެކު މޯލްޑިވްސްގައި ތިބި ޕާކިސްތާނުގެ ކޮމިއުނިޓީގެ މެމްބަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ޕާކިސްތާނުގެ އިއްޒަތްތެރި ރައީސް، ބޮޑުވަޒީރު، އަދި ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު/ޚާރިޖީ ވަޒީރުގެ ފަރާތުން ޕާކިސްތާނުގެ ދުވަހުގެ މުހިންމުކަން ދޭހަވާ ޚާއްޞަ މެސެޖުތަކެއް ހަފްލާގައި ދޫކުރެއްވިއެވެ. ޕާކިސްތާނުގެ މުޖުތަމަޢަށް ހިތުގެ އަޑިން ތަހުނިޔާ ވިދާޅުވެ ހައިކޮމިޝަނަރު ޕާކިސްތާނުގެ ދުވަހުގެ ތާރީހީ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ވިދާޅުވީ "މިނިވަން ޕާކިސްތާނެއް އުފެދުނު އަޅުގަނޑުމެންގެ ކާބަފައިންގެ ފަސްނުޖެހޭ މަސައްކަތާއި ތަސައްވުރާއި އަޒުމަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
އެޗްސީ ފާހަގަކުރެއްވި ގޮތުގައި 1947 ވަނަ އަހަރު ޕާކިސްތާނަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމު ވަނީ ވަރަށް ދުރަށް ގޮސްފައެވެ. މި ދަތުރަކީ އުނދަގޫ ދަތުރެއް ނަމަވެސް، ޕާކިސްތާނުގެ ރައްޔިތުން ދައްކާފައިވާ ކެތްތެރިކަމާއި ރައްކާތެރިކަމާއެކު ގައުމަށް ދެމެހެއްޓެނިވި، އަދި ހުރިހާ އުނދަގުލަކާ ކުރިމަތިލާން ވެސް ކުރިއަރާފައި ވާކަން ފާހަގަކުރައްވާ އެޗސީ ވަނީ މިއަދު ދުނިޔޭގެ ޤައުމުތަކުގެ މުޖުތަމަޢުގައި ޕާކިސްތާނުން އޮތީ ހުރިހާ ފެންވަރެއްގައިވެސް ސުލްޙައަށްޓަކައި މަލްޓިލޭޓަރަލް އެއްބާރުލުމާއި ޑިޕްލޮމެސީއަށް ވަރުގަދައަށް ވަޢުދުވެފައި ކަމަށްވެސް ވިދާޅުވެފައެވެ.
ޕާކިސްތާނުން ވަރުގަދައަށް ގަބޫލުކުރަނީ އދ.ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުގެ މުޤައްދަސްކަންކަމަށް ހާމަކޯށް އިތުރު ވިދާޅުވެފައިވަނީ އެހެންކަމުން ޕާކިސްތާނުން ވަރަށް އެންމެ ބޮޑަށް ޑިމާންޑް ކުރަނީ ފަލަސްތީނާއި އައިއައިއޯޖޭކޭގައި ވެސް އދ. އަދި ޕާކިސްތާނުގެ ކަޝްމީރާއި ފަލަސްތީނުގެ އަޚުންނާއި އުޚުތުން އަމިއްލައަށް ނިންމުމުގެ ޙައްޤު ހޯދުމަށް ކުރާ މަސައްކަތާއި ޤުރުބާނީތަކަށްވެސް މިދުވަހު ޝަރަފުވެރިކަން ދިނުން ކަމަށެވެ.
އަޚްލާޤީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ވަޢުދުވެފައިވަނީ ސާބިތުކަމާއެކުގައި ކަމަށާ އަދި މި ފުރުޞަތުގެ ބޭނުން ހިފައިގެން، އަވަށްޓެރިންނާއި މުޅި ދުނިޔޭގައި ހުރިހާ މުސްލިމުންގެ އިތުރުން އިންސާނިއްޔަތަށް ދާއިމީ ސުލްޙައެއް އޮތުމަށްޓަކައި އެކުގައި ދުޢާކުރާ ކަން ހާމަކުރައްވާ ޕާކިސްތާނު ހައިކޮމިޝަނަރ ވިދާލުވީ ޕާކިސްތާނުން ކުރިއަށް ގެންދަނީ ހަނގުރާމައެއް ނޫން ކަމަށ މަޝްވަރާތަކުގެ ތެރެއިން ސުލްހައަށް ހުރިހާ ސްޓޭކް ހޯލްޑަރުންނަށް ވިސްނައިދިނުމުގައި ޕާކިސްތާނުގެ ބިރުވެރި ދައުރު އަދާކުރަމުން ކަމަށެވެ.
އެޗްސީއިން ވިދާޅުވީ ޕާކިސްތާނާއި މޯލްޑިވްސްއާ ދެމެދު އޮންނަ ގުޅުމަކީ އެއް ޢަޤީދާއެއްގެ ސިފައެއް ކަމަށެވެ. ސަގާފަތުން ހިއްސާކުރެވޭ ތަރިކަތައް، މަސްލަހަތު އެއްގޮތްވުމާއި، އެކަކު އަނެކަކަށް އިޙްތިރާމާއި އިތުބާރުކުރުމަކީ ވެސް އެ ކޮމިޝަނުން އިސްކަން ދޭ ކަންކަން ފާހަގަކުރައްވާ މި އެއްބާރުލުމުގެ މިންވަރު މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާވެ، މިހާރުގެ ދެފަރާތުގެ ސަރުކާރުތަކުގެ ދަށުން، ހެޔޮ ދަރަޖައެއްގައި ކުރިއަރަމުންދާ ކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މި ރަސްމިއްޔާތު ނިންމާލާފައިވަނީ ޕާކިސްތާނުގެ ސުލްހައާއި ކުރިއެރުމާއި ތަނަވަސްކަމަށް އެދި ދުޢާ ކުރުމުންނެވެ.










