
ގައުމަށް އައި ތަރައްގީގެ ވާހަކަ ދައްކާއިރު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނަން ތަރައްގީއާ ގުޅުވާ ރަގަޅުވާނީ ނުދެއްކެވިއްޔާއާ ކަމަށް މާލީ ތަޖުރިބާ ކާރު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޒަރިޔަންދު ވިދާޅުވީ، ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ބައިނަލްއަގްވާމީ ތަފާތު 5 ޖަމްއިއްޔާއަކުން ރާއްޖެއާ ގުޅޭ ގޮތުން ރިޕޯޓުތަކެއް ނެރެފައިވާއިރު، 5 ރިޕޯޓުން ވެސް ފެންނަން އޮތީ ރައްޖޭގެ މަލީ ހާލަތާ އަދި އިގްތިސޯދީ ހާލަތާ މެދުވެސް ހިތްހަމަ ނުޖެހުން ކަމަށެވެ. ޒަރިޔަންދު ވަނީ ޢޭޑީބީއިން އެޕްރިލު މަހު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ޖީޑީޕީ ބޮލަކަށް 1- ޕަންސެންޓުގައި ހުންނާނެ ކަމަށެވެ.
އެހެންކަމުން މިއީ ގައުމުގެ އުފެއްދުންތެރިކަން ނެތް މިންވަރު ހާމަވާކަމެއް ކަމަށާ ރައީސް މުއިއްޒާ އިކޮނޮމިކު މިނިސްޓަރުވެސް މިކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ތަރައްގިއާ ރައީސް މުއިއްޒުއާ ގުޅުވާ އެއްވެސް ވާހަކައެއް ޕޮޒިޓިވްކޮށް ދެއްކެން ނެތް ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ، ދަރަނީގެ ވާހަކަ ދައްކާއިރު އެންމެ މުހިއްމީ ދަރަނި އުފެއްދީ ކާކުތޯއާ ދަރަނި ގިނަވި މިންވަރު ނޫން ކަމަށެވެ. މުހިއްމީ ދަރަނި އުފެދުނު މިންވަރާ އެ ޔުޓިލައިޒު ކުރެވުނު މިންވަރާ އޭގެން ރައްޔިތުންނަށްވީ ފައިދާ ބެލުން ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި އިތުރުވި 31 ބިލިއަންގެ ތެރެއިން 70 އިން ސައްތަ 2024 ވަނަ އަހަރާ ހަމައަށް ފުލީ ޔުޓިލައިޒް ވެފައިވާ ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ










