
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ހަޑިމުޑުދާރު ޝުހުރަތެއްގެ ވެރިންތަކެއް ތިބި ސަރުކާރެއް ކަމަށް ޕީއެންއެފްގެ ރައީސް. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ސަރަހައްދުގެ އެންމެ ދިރިއުޅުމުގެ ޚަރަދު ބޮޑު އަދި އެންމެ ދަރަނި ބޮޑު ގައުމަކީ ދިވެހިރާއްޖޭ ކަމުގައި ތަފާސްހިސާބުުތަކުން ދައްކާފައިވާވުމަށް އިޝާރާތް ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ހިސާބުތަކުން ވެރިންގެ ފެންވަރު ވަރަށް ފާޅުވާ ކަމަށާ ވެރިކަމުގެ ދެ އަހަރާ ބައި ނިމުނުއިރު، ގައުމުގެ ހާލަތު އޮތީ ފުން ވަޅުގަނޑެއްގައިކަން މި ހިސާބުތަކުން ދައްކާ ކަމަށާ މިއީ ރައްޔިތެއްގެ ހައިސިއްޔަތުން ނުހަނު ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ވަރުންވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުން މި ސަރުކާރު ވަރުގެ ގާބިލުކަން ހުރި ސަރުކާރެއްގެ ގޮތުގައި ލޭބަލްކޮށް މެަލް ޖަހަމުންދާއިރު ހިސާބުތައް ދޮގު ނުހަދާނެކަން ޔތަކުރާރުކޮށް ހަނދާން ކުރަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ ކުރިން ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ކިޔާ، ރާއްޖެއަކީ ކޮރަޕްޝަންގެ ވަކިތަކުން ސަލާމަތްވެފައި އޮތް ގައުމެއްގެ ގޮތުގައި ފަޚްރުވެރިކަމާއެކު ފާހަގަކުރި ކަމަށާ އެގޮތުން ސަރަހައްދުގެ އެހެން ގައުމުތަކުގައި ސައިތައްޓެއް ދިއްކޮށްލައިގެން ވެސް ރިޝްވަތުދީ ބޭނުން ކަމެއް ކުރާ ކަމަށެވެ.
މިހާރު ރާއްޖެއަކީ ވެސް އެފަދަ ކަމެއް ކަމަށާ ރާއްޖޭގައިވެސް މިއަދު ކޮރަޕްޝަންގެ ކަންކަން ހުރީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ނުހަނު ކުރިގައި ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއީ ހަޑިމުޑުދާރު ޝުހުރަތެއްގެ ވެރިންތަކެއް ތިބި ސަރުކާރެއް ކަމަށެވެ.










