May 6, 2026
Advertisement
ކުކުޅު ކުރަނޑި ކޭސް ލިބޭ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
ކުކުޅު ކުރަނޑި ކޭސް ލިބޭ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި / ސޯޝަލް މީޑިއާ

ކުކުޅު ކުރަނޑި ކޭސް ލިބޭ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި

May 5, 2026, 01:59 PM
މާލެ ސިޓީ

ކުކުޅު ފިހާރައިން ހިލޭ ކުކުޅު ކުރަނޑި ކޭހެއް ލިބޭ ދެ މަސް ދުވަހުގެ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

Advertisement

މި ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކީ ނޮންނި އިއްކޮއެވެ.

ޕްރޮމޯޝަން ކުރިއަށް ގެންދަނީ ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖްގެ ކުކުޅު ކުރަނޑި ކޭސް ޕްރޮމޯޝަންގެ ޕޯސްޓަށް އެންމެ ގިނަ ލައިކް، ޝެއާ، ޓެގް އަދި ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ލައިކް، ޝެއާ، ކޮމެންޓް އަދި ޓެގް ކުރާ ފަރާތްތަކަށް ކުކުޅު ކުރަނޑި ކޭހެއް ލިބިގެން ދާ ގޮތަށެވެ.

ކުކުޅު ކުރަނޑި ކޭހެއް ލިބިގެން ދާ ގޮތަށް ދެ މަސް ދުވަހަށް މިޕްރޮމޯޝަން ކުރިއަށް ދާނެއެވެ.

ތަފާތު އުފެއްދުންތައް ލިބެން ހުންނަ ކުކުޅު ފިހާރައިން ކައިރި ކައިރީގައި ތަފާތު އެކި ބާވަތްތަކުގެ ހާއްސަ ޕްރޮމޯޝަންތައް ބާއްވައެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.

އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved