
ކުކުޅު ފިހާރައިން ހިލޭ ބޯންލެސް ޗިކަން ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިޠާ އާދަމް ވިދާޅުވީ، އެ ފިހާރައިން ފެށި މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ 10 ބޯންލެސް ޗިކަން ކޭހަކަށް އެއް ކޭސް ހިލޭ ލިބިގެން ދާނެ ކަމަށެވެ.
ކުކުޅު ފިހާރައިން ބޯންލެސް ޗިކަންގެ ތިން ސައިޒެއް ލިބެން ހުންނާނެއެވެ. އެއީ އެއް ކިލޯ، 2ކިލޯއެވެ.
ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.









