June 24, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ކާޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސަރުކާރު ފެއިލްވެއްޖެ؛ ރައްޔިތުން ތިބީ ހަނޑުލަށް ޖެހިފައި

May 11, 2026, 07:55 PM

Advertisement

ރާއްޖޭގެ ބާޒާރުން ހަނޑޫ ހުސްވެ، ކާޑު ދޫކުރުން އެސްޓީއޯ އިން ލިމިޓްކޮށްފައިވާ މައްސަލައަކީ މިއަދު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ކެއިންބުއިމުގައި އާންމުކޮށް ބޭނުންކުރާ ހަނޑޫ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ، މާލޭގެ ފިހާރަތަކުގެ ޝެލްފްތައް ހުސްވަމުންދާއިރު، މިއީ ސަރުކާރުން އިގްތިޞާދީ އަދި އަސާސީ ހިދުމަތްތައް މެނޭޖްކުރުމުގައި ބޮޑުތަނުން ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ. އެސްޓީއޯ އިން އިންވެންޓްރީ ގުނުމުގެ ނަމުގައި ގުދަންތައް ބަންދުކޮށް، ހަނޑޫ ވިއްކުން ކޮންޓްރޯލް ކުރި ނަމަވެސް، މިއީ ހަގީގަތުގައި ސްޓޮކް ނެތުމުގެ ސަބަބުން ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުން ފަދަ އުޒުރެކެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން އިގްތިޞާދީ ވަޒީރު މުހައްމަދު ސައީދު މިއަދު މި ވާހަކަތައް ދޮގުކުރެއްވި ނަމަވެސް، ބާޒާރުގެ ހަގީގީ ހާލަތު އޮތީ ވަޒީރުގެ ވާހަކަފުޅާ ދިމާ އިދިކޮޅަށެވެ. ކާޑުގެ ބާވަތްތައް ބާޒާރުން ލިބެން ނެތް ކަމަށް ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ގޮވަމުންދާއިރު، ވަޒީރު ހެއްދެވި ދޮގަކީ ރައްޔިތުންގެ އިތުބާރު ގެއްލި، ސަރުކާރުގެ ނާގާބިލުކަން އިތުރަށް ހާމަވެގެންދިޔަ ކަމެކެވެ. ހަގީގަތް އޮޅުވާލުމުގެ ބަދަލުގައި، ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައްޔިތުން މިއަދު ސަރުކާރުގެ ފަރާތުން އުންމީދުކުރާ ކަމެކެވެ.

މީގެ އިތުރުން، ތުރުކީވިލާތުން ކާޑުގެ ބާވަތްތައް ގެނެސް "ފުޑް ސެކިއުރިޓީ" ކަށަވަރުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދަކީ ހަމައެކަނި ސިޔާސީ ވާހަކައެއްގެ ގޮތުގައި މިއަދު ވަނީ ބަދަލުވެފައެވެ. 2024 ވަނަ އަހަރުގެ ކުރީކޮޅު އިއުލާންކުރި މި އެއްބަސްވުމުގެ ދަށުން އެއްވެސް މިންވަރެއްގެ ކާޑެއް އަމަލީ ގޮތުން ލިބިފައި ނުވާއިރު، މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާއިރުވެސް ތުރުކީން ޝިޕްމަންޓް ނުލިބިގެން ރައްޔިތުންނަށް ބަހަން ޖެހުނީ އަވަށްޓެރި އިންޑިއާގެ ކާޑެވެ. މިކަމުން ދޭހަވަނީ، އެކަށީގެންވާ ދިރާސާއެއް ނެތި ވަކި ގައުމަކަށް ބަރޯސާވުމުގެ ސިޔާސަތުގެ ސަބަބުން، ދިވެހިންގެ އަސާސީ ކެއިންބުއިން މިއަދު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved