
ރައީސް އަބްالله ޔާމީން އަބްދުލްގައްޔޫމްއަށް އަޅާލާނެ އެއް ބޭފުޅަކީ ރައީސް މުހައްމަދު މުއިއްޒުކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވުމުން ރައީސް މުއިއްޒުގެ ދިމްޔާތު ފެކްޝަން އިން ސައީދަށް ބަވާލިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި ފަރާތަކުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް ޗެނަލް 13 އަށް ބުނީ މިނިސްޓާރ ސައީދަށް އެފަދައިން ވިދާޅުވެވިގެން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ރުޅި ގަދަވަފައި އެއްޗެހިތަކެއް ކީކަމަށެވެ.
މައުލޫމާތު ދިން ފަރާތުން ބުނިގޮތުގައި ފަލާހުއާއި ޝުޖާއު ވަނީ ސައީދު އެހެން ބުނެގެން ނުވާނެ ކަމަށް ބުނެ ސައީދަށް އެއްޗެހި ކިޔާފައެވެ. އަދި ޕީއެންސީގެ ނައިބު ރައީސްކަމުން ވެސް ވަކި ކުރާނެކަމުގެ އިންޒާރު ދީފައިވާކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ..
ސައީދަކީ ރައީސް ޔާމީންގެ ޒައާމަތުގައި ވެސް މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅެއްކަމަށާއި ރައީސް ޔާމީނަށް ސަނާ ކިޔައި އަދިވެސް އެމަނިކުފާނަށް ސަނާކިޔުއްވާތީ ޝުޖާއު ރުޅިގަދަވެގެން އެ ވާހަކަ ދެއްކި ކަމަށް ވެސް އެ މީހާ ބުނެފައިވެއެވެ.
ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިނަމާލެ ބްރިޖާ ގުޅިގެން ސައީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ނޫސްވެރި އަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވަނީ ސިނަމާލެ ބްރިޖްގެ ކްރެޑިޓް އެންމެ ބޮޑަށް ހައްގީ ރައީސް ޔާމިނަށް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނަށް އެންމެ ބޮޑަށް އަޅާލަން ބޭނުންވާނެ ފަރާތަކީ ރައީސް މުއިއްޒު ކަމަށް ވެސް ސައީދު ވިދާޅުވެފައި ވެއެވެ.










