May 12, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންތިޚާބުތަކުން ބަލިވާ މީހުންނަށް މަޤާމު ދިނުމަކީ ޓެކްސް ފައިސާ އިސްރާފުކުރުން: މަލީހު

Aiminath Sarah
އައިމިނަތް ސާރާ
May 12, 2026, 05:15 PM
މާލެ ސިޓީ

އިންތިޚާބުތަކުން ނާކާމިޔާބުވާ ފަރާތްތަކަށް ސަރުކާރުގެ ސިޔާސީ މަޤާމުތައް ދިނުމަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުން ކަމަށް ވިދާޅުވެ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ފާޑުވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމުގެ މަޤާމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކޮށް އިންތިހާބުން ނާކާމިޔާބުވި އާޝިޔަތު އަލައިކާ އަދުނާނު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާ "ތަޅާ ބުރުއްސާ" އެލެވެނީ ރައްޔިތުންގެ މަޖިލިހުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ނުކުރެވޭތީ ކަމަށެވެ. އަދި މިއީ ވަރަށް ދެރަވަރު ކަމެއްގެ ގޮތުގައި މަލީހް ސިފަކުރެއްވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ، ވެރިކަން ކުރާ ޕާޓީގެ ނަމުގައި އިންތިޚާބުތަކަށް ކުރިމަތިލައި ބަލިވާ ފަރާތްތަކުގެ "ބަލަދުވެރިކަން" ރައްޔިތުންގެ ޓެކްސް ފައިސާއަށް އަރާހާ ހިނދަކު ޤައުމު ތަރައްޤީ ނުކުރެވޭނެ ކަމަށެވެ. "ޤައުމު ތަރައްޤީ ނުކުރެވޭނެ ވެރިކަން ކުރާ ޕާޓީގެ ނަމުގައި ކުރިމަތިލާ އިންތިޚާބުތަކުން ބަލިވާ ފަރާތްތަކުގެ ބަލަދުވެރިކަން ރައްޔިތުންގެ ޓެކްސް ފައިސާއަށް އަރާހާ ހިނދަކު،" މަލީހު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް އިންތިޚާބުތަކުން ނާކާމިޔާބުވާ ފަރާތްތައް އައްޔަންކުރަމުންދާ މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved