July 3, 2026
Advertisement
-
-

ޕޯޗުގަލް އާއި ކްރޯޝިއާ މިރޭ ކުރިމަތިލަނީ: ރޮނާލްޑޯއަށް ގަދަ ސޯޅައަށް ދެވޭނެބާ؟

Aiminath Sarah
އައިމިނަތް ސާރާ
Jul 2, 2026, 11:29 PM
މާލެ ސިޓީ

ފީފާ ވޯލްޑް ކަޕްގެ ރައުންޑް އޮފް 32 ގެ ފޯރިގަދަ މެޗެއްގައި މިރޭ 4:30 ގައި ޕޯޗުގަލް އާއި ކްރޯޝިއާ ބައްދަލުކުރާނެއެވެ. މި މެޗަކީ ދެ ޓީމަށްވެސް މުބާރާތުގައި ކުރިއަށް ދިއުމަށް ނުހަނު މުހިންމު މެޗެކެވެ.

Advertisement

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްގެ ފަރާތުން އެދެވޭ ފެންވަރެއްގެ ކުޅުމެއް ފެނިފައި ނުވުމުން، މިރޭގެ މެޗުން އެޓީމު މޮޅުވެދާނެ ކަމާމެދު ގިނަ ބަޔަކު އަންނަނީ ޝައްކު އުފައްދަމުންނެވެ. ޚާއްޞަކޮށް ކްރޯޝިއާ ކަހަލަ ޓީމަކާ ދެކޮޅަށް ނުކުންނައިރު، ޕޯޗުގަލްގެ ފޯވާޑް ލައިނަށް ގޯލު ޖެހުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ބޭނުންވެއެވެ.

މި މެޗާ ދިމާކޮށް ސޯޝަލް މީޑިއާގައި ލިއޮނަލް މެސީގެ ސަޕޯޓަރުން އަންނަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާޑުކިޔަމުންނެވެ. ގިނަ ސަޕޯޓަރުން ބުނަމުންދަނީ މިރޭގެ މެޗުން ބަލިވެ، ރޮނާލްޑޯ މުބާރާތުން ކަޓާނެ ކަމަށެވެ. މެސީގެ އާޖެންޓީނާ ކުޅޭ މެޗު ހޮނިހިރު ދުވަހު އޮތްއިރު، ފުޓްބޯޅަ ފޭނުންގެ މެދުގައި މި ދެ ކުޅުންތެރިންގެ ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.

ކްރޯޝިއާއަކީ އަބަދުވެސް ބޮޑެތި މެޗުތަކުގައި ތަފާތު ދައްކާ ޓީމަކަށް ވުމާއެކު، މިރޭގެ މެޗަކީ ޕޯޗުގަލްއަށް ފަސޭހަ މެޗަކަށް ނުވާނެއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއަށް މި ހުރަސް ގިރާކޮށް ގަދަ ސޯޅައަށް ދެވޭނެބާ؟ ނުވަތަ މެސީގެ ސަޕޯޓަރުން ބުނާ ފަދައިން ރޮނާލްޑޯއަށް މިރޭ މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެބާ؟ މިއީ މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ.

މިރޭގެ މި ފޯރިގަދަ މެޗުު ވޯލްޑް ކަޕްގެ ތާރީޚުގައި ރޮނާލްޑޯ ކުޅޭނެ ފަހު މެޗަށް ވެދާނެބާ؟

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved