ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ސިފައިން: ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާ ދެނީ -- / ފޭސްބުކް
ހަބަރު
3 ނޮވެމްބަރުގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް މަހަކު 9،000 ރުފިޔާ ދެނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
19 މާރިޗު 2025
މާލެ ސިޓީ

ރާއްޖެއަށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރުމުގެ މަތިވެރި ޖިހާދުކުރަނިކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ދޭ އުސޫލު ޑިފެންސް މިނިސްޓްރީން އާންމުކޮށްފި އެވެ.

އެ އުސޫލުގައިވާ ގޮތުން ޝަހީދުވި ސިފައިންގެ އާއިލާތަކުގެ އިތުރުން ނޮވެމްބަރު 3، 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ މީހުންނަށް ވެސް އިނާޔަތް ދޭނެ އެވެ.

އެ ދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންނަށް ކާމިޔާބު ހޯދައި ދިނުމަށް ހިތްވަރު ދެއްކި އެހެން މީހުންނަށް ވެސް ކޮންމެ މަހަކު އިނާޔަތެއް ލިބޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެގޮތުން އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭއިރު، ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000ރ. ގެ އިނާޔަތެއް އަދި ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000ރ. ގެ އިނާޔަތެއް ދިނުމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އުސޫލުގައި ބުނީ އެ ފަރާތްތަކަށް އެލަވަންސް ދޭނީ އެ މީހުން މަރުވަންދެން ކަމަށެވެ. އަދި އެ މީހުން މަރުވުމުން އާއިލާގެ ފަރާތުން އެކަން ޑިފެންސް މިނިސްޓްރީއަށް އެއް މަސް ތެރޭ އަންގަން ވާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved