އަލިރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުހާތަބު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި އެ މަނިކުފާނު ވަނީ ދުވަހުގެ ތާރީޚަށް އަލިއަޅުއްވައިލައްވައި އެކަމާ ގައުމުގެ ކަންކަން މިހާރު ކުރިއަށް ދާ ގޮތާ އަދި މުސްތަގުބަލު ބައްޓަންކުރާންވީ ގޮތުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑެއް އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު ފެންނަން އެބަ އޮތް ކަމަށެވެ. މިސާލެއްގެ ގޮތުން ރައީސް ފާހަގަ ކުރެއްވީ ފަލަސްތީނެވެ. އެފަދަ ދުވަހެއް ދިވެހީން ދެކެން ބޭނުން ނުވާކަން ފާހަގަ ކުރައްވާ ރައީސް ވަނީ ގަައުމަށް ތެދުވެރިވެ ދައުލަތަށް ހުރުމަތްތެރިކޮށް ހިތާ ދީނަށް ހުރުމަތްތެރި ކޮށް ހިތުމަށް އިލްތިމާސް ކުރައްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، އަލިރަސްގެފާނުންގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުޚާތަބުކުރާ ކަމަށެވެ.
އަލިރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުހާތަބު ކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ.
އެ ޖިހާދު ދިވެހި މީޑިއާތަކާ ވެސް މުހާތަބު ކުރާކަން ފާހަގަ ކުރައްވާ ގައުމާ އެއްކޮޅަށް ހަބަރުފަތުރާ ދޮގު ހަބަރުތައް ނުފަތުރަން ނަސޭހަތްދޭ ކަމުގައި ވިދާޅުވިއެވެ.
ޒުވާންކަމުގެ އޮއެވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ. ހަގީގަތުގައި އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު ފިލާވަޅަކީ މާތްﷲ ހައްގަށް ނަސްރުދެއްވާނެކަން. އެއީ، ބިމުގެ ކުޑަކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން
ޖިހާދުން އިބުރަތް ލިބިގެން ދިވެހި ކަނޑުން ގެއްލުނު ބައި ވެސް މި ސަރުކާރުން ހޯދައިދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނަން،
ރައީސް ވަނީ އަލިރަސްގެފާނު ކުރެއްވި މަތިވެރި ޖިހާދުން ލިބިގަންނަން ޖެހޭ އިބްރަތްތަކާއި ގައުމާއި ދީނުގެ ހައްގުގައި އެ ރަސްގެފާނު ކުރެއްވި ޖިހާދުގެ މަތިވެރިކަން ފާހަގަ ކުރައްވާ އެ ޖިހާދުން އިބްރަތް ހާސިލު ކުރެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބުޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބުޠާލުންގެ ޒިކުރާ އާލާކުރުމަށެވެ.
މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ.