June 25, 2026
Advertisement
-
-

ޕާކިސްތާނުގެ އިންޒާރެއް ސަހްޔޫނީންނަށް. ލީޑަރަކަށް ކަމެއް ކުރަން ނުވިސްނާތި، ސަހްޔޫނީންގެ ވަސްވެސް ފުހެލާން

Aiminath Sarah
އައިމިނަތް ސާރާ
Jun 25, 2026, 01:01 AM
މާލެ ސިޓީ

އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، ސަރަހައްދީ ހަނގުރާމައެއްގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، އީރާނުގެ އިސް ލީޑަރުންނަށް އަމާޒުކޮށް ސަހްޔޫނީ އިސްރާއީލުން ދީފާނެ ހަމަލާއަކާ މެދު ޕާކިސްތާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ.

Advertisement

ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ހަމަލާދީފިނަމަ، ސަހްޔޫނީންގެ ވަސްވެސް ފުހެލާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ވަނީ ދީފައެވެ.

ރޮއިޓާސް އިން ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ އާއި ޕާލަމެންޓްގެ ރައީސް މުހައްމަދު ބަޤްރު ޤާލިބާފަށް އިސްރާއީލުން ހަމަލާއެއް އަމާޒުވެދާނެކަމުގެ މައުލޫމާތު ލިބުމާއެކު، ޕާކިސްތާނުން ވަނީ މިކަމުގެ ތެރެއަށް އެމެރިކާ ތަދައްޚުލްވުމަށް ބާރުއަޅާފައެވެ. ޕާކިސްތާނުން އިންޒާރު ދީފައިވަނީ އީރާނުގެ އިސް ދެ ބޭފުޅުންނަށް ގެއްލުމެއް ދީފިނަމަ، މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް ހުރިހާ މަސައްކަތްތަކެއް ހުއްޓި، މުޅި ސަރަހައްދު ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ.

މި އަހަރުގެ މާޗު މަހުގެ ތެރޭގައި އިރާނުގެ މި ދެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ސަހްޔޫނީނުން ރާވާފައިވާ ކަމުގެ ވާހަކަތައް މިހާރު ވަނީ ފެތުރިފައެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، ޕާކިސްތާނުގެ މި ހަރުކަށި އިންޒާރާއި އެމެރިކާގެ މެދުވެރިވުމާއެކު، އިސްރާއީލުން ވަނީ އެ ދެ އޮފިޝަލުން އެ ގައުމުގެ ޓާގެޓް ލިސްޓުން ވަގުތީ ގޮތުން އުނިކޮށްފައެވެ. ޕާކިސްތާނަކީ އިރާނާއި އެމެރިކާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި މުހިންމު ބެކް-ޗެނަލް ޑިޕްލޮމެސީއެއް ހިންގަމުން އަންނަ ގައުމެކެވެ.

ޕާކިސްތާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ސަރަހައްދީ ހަމަނުޖެހުން ހުއްޓުވުމަށް އޮތް ހަމައެކަނި މަގަކީ މަޝްވަރާ ކަމަށެވެ. އަދި އީރާނުގެ މުހިންމު ލީޑަރުންނަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ދެކޭނެ ކަމުގެ އިޝާރާތެއްވެސް ޕާކިސްތާނުން ވަނީ ދީފައެވެ.

މި މައްސަލައިގައި އިސްރާއީލުންނާއި ޕާކިސްތާނުގެ ރަސްމީ އިދާރާތަކުން ހުރިހާ ތަފްސީލެއް ހާމަނުކުރި ނަމަވެސް، މެދުއިރުމަތީގެ މަސްރަހު ފިނިކުރުމުގައި ޕާކިސްތާނުގެ ދައުރު މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ޚާއްޞަކޮށް، ސަހްޔޫނީންގެ އުދުވާންތަކާ ދެކޮޅަށް ޕާކިސްތާނުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން، އިސްރާއީލުން ބައެއް ނިންމުންތައް ބަދަލުކުރަން މަޖުބޫރުވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved