February 26, 2026
Advertisement
މިލަފް ކޯލާ މިރޭ ރާއްޖެއަށް ތައާރަފްކުރަނީ
މިލަފް ކޯލާ މިރޭ ރާއްޖެއަށް ތައާރަފްކުރަނީ / ތޭރަގްރެފިކްސް

މިލަފް ކޯލާ މިރޭ ރާއްޖެއަށް ތައާރަފްކުރަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Aug 1, 2025, 08:30 PM
މާލެ ސިޓީ

ދުނިޔޭގައި އަލަށް އުފެއްދި ސޮފްޓް ޑްރިންކް، "މިލަފް ކޯލާ" މިރޭ ރާއްޖެއަށް ތައާރަފްކުރުމަށް ހަމަޖެހިއްޖެއެވެ.

Advertisement

އަލަށް ކަދުރުން އުފައްދާފައިވާ މި ބުއިން ރާއްޖެއަށް ތައާރަފްކުރުމަށް ބާއްވާ ހަރަކާތް އޮންނާނީ މިރޭ 08:30 އިން 10:30 އަށް ހުޅުމާލޭ ރުއްގަނޑު ސަރަަހައްދުގައެވެ. ލައިވް މިއުޒިކާއެކު ކުރިއަށް ދާ މިހަރަކާތުގައި ބުއިމުގެ ރަހަ ބަލާލަން ހިލޭ ލިބިގެން ދާނެއެވެ.

މި ބުއިން ރާއްޖެއަށް ތައާރަފް ކުރަނީ ސްޓޭންޑާޑް އެންޑް އޮރިޖިން (އެސް އެންޑް އޯ)ގެ ފަރާތުންނެވެ.

"މިލަފް ކޯލާ" އަކީ ސައުދީ އަރަބިއާއިން ތައާރަފްކޮށްފައިވާ ޚާއްސަ ބުއިމެކެވެ.

މި ބުއިން ސައުދީގެ ރިޔާދުގައި ބޭއްވި ކަދުރު މައުރަޒުގައި ތަޢާރަފުކޮށްފައިވާއިރު، މިއީ ބްލިކް އިންވެސްޓްމަންޓް ފަންޑުގެ ސަބްސިޑިއަރީއެއް ކަމަށްވާ ތުރާތު އަލް-މަދީނާއިން ތައްޔާރުކޮށްފައިވާ ބުއިމެކެވެ.

އެ ކުންފުނިން ބުނާގޮތުގައި މިއީ ސިއްހީ ފައިދާ ތަކާއި އެކު ހަށިގަނޑަށް ފިނިކަން ގެނެސްދޭގޮތަށް އުފެއްދިފައިވާ، ސޮފްޓް ޑްރިންކް ސިނާއަތުގައި ސިއްހަތަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ބުއިންތަކެއް އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި އުފެއްދުމުގައި ބޭނުންކުރަނީ ސައުދީގައި ހައްދާ ކަދުރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved