February 26, 2026
Advertisement
މިލަފް ކޯލާ
މިލަފް ކޯލާ / ސޯޝަލް މީޑިއާ

ސައުދީ ކަދުރުން އުފައްދާފައިވާ ސޮފްޓް ޑްރިންކް “މިލަފް ކޯލާ” ރާއްޖޭގެ ބާޒާރަށް ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 2, 2025, 06:27 PM
މާލެ ސިޓީ

ސައުދީ ކަދުރުން އުފައްދާފައިވާ ސޮފްޓް ޑްރިންކް “މިލަފް ކޯލާ” ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

Advertisement

"މިލަފް ކޯލާ" ގެ ނަމުން ސައުދީ އަށް މަޝްހޫރު ބުއިން މީގެ ކުރިން ސައުދީއަށް ތައާރަފު ކުރި ނަމަވެސް ރާއްޖެއަށް މި ބުއިން ތައާރަފު ކޮށްފައި މިވަނީ "ސްޓެންޑަޑް އެންޑް އޮރިޖިންގ" ގެ ފަރާތުން ހުކުރު ދުވަހުގެ ރޭ މިކަމަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި އެވެ.

"ސްޓެންޑަޑް އެންޑް އޮރިޖިންގ" ގެ ފަރާތުން ބުނީ މި ބުއިން ރާއްޖެއަށް ތައާރަފު ކުރާ މިއީ ފުރަތަމަ ފަހަރު ކަމަށާއި މި އުފެއްދުމަކީ މިވަގުތު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރި ސޮފްޓް ބުއިންތަކުގެ އުފެއްދުން ތަކާއި އަޅާބަލާއިރު ރަހަ މީރު، ސަތޭކަ ޕަސަންޓް ސުގަ ފްރީ އުފެއްދުމެއް ކަމަށެވެ.

އަދި މިލަފް ކޯލާގެ މި އުފެއްދުމަކީ ސައުދީގައި އުފައްދާ ކަދުރުގެ މީރު ރަހަ ބޭނުން ކޮށްގެން އުފައްދާފައިވާ ބުއިމެއް ކަމަށް ވެސް ސްޓެންޑަޑް އެންޑް އޮރިޖިންގް ފަރާތުން ބުނެ އެވެ.

މި ކޯލާ އަކީ ސައޫދީ އެރޭބިއަންގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑްގެ ސަބްސިޑަރީއެއް ކަމަށްވާ ތުރާތު އަލް މަދީނާގެ އުފެއްދުމެކެވެ.

"މިލަފް ކޯލާ" މިހާރު ސައޫދީގެ އިތުރުން ރާއްޖެއަށް ވެސް ތައާރަފު ކުރިއިރު، ސަރަހައްދީ މާކެޓާއި ބައިނަލްއަގުވާމީ މާކެޓަށް މި ކޯލާ މިހާރު ވަނީ ނެރެފައެވެ.

މީގެ އިތުރުން "ސްޓެންޑަޑް އެންޑް އޮރިޖިންގ" ގެ ތިން ފިހާރައެއް މިވަގުތު އެބަހުރި ކަމަށާއި މި ތިން ފިހާރައިން ވެސް މިލަފް ކޯލާގެ އުފެއްދުންތައް ލިބެން ހުންނާނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން، މިއީ ސަހްޔޫނީންނަށް ވާގިވެރިވާ ކޮކާ ކޯލާ ކުންފުނީގެ ކޯކް ބުއިން ރާއްޖޭގައި މަދުކޮށް ކޯކްގެ އަލްޓަނޭޓިވްއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އުފެއްދުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved