April 4, 2026
Advertisement
-
- / ފޮކްސް ނިއުސް

ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އިތުރުކުރަން ފަށަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 11, 2025, 04:08 AM
މާލެ ސިޓީ

ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް އާދިއްތަ ދުވަހު ފަށާނެ ކަމަށް އދ. ގެ އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

Advertisement

އދ.ގެ އިންސާނީ އެހީގެ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އެތައް މަހެއްގައި އދ. އާއި އެ ޖަމިއްޔާގެ އިންސާނީ އެހީ ޣައްޒާ ސަރަހައްދަށް ފޯރުކޮށްދެވިފައިވަނީ ބޭނުންވާ އެހީގެ 20 އިންސައްތަ އެކަނިއެވެ.

އާދީއްތަ ދުވަހުން ފަށައިގެން އިތުރުކުރާ އެހީގެ ތެރޭގައި ހިމެނެނީ އުރުދުން އަދި މިސްރު ފަދަ އަވައްޓެރި ޤައުމުތަކުގައި މިހާރު ވެސް ތައްޔާރުކޮށްފައިވާ 170,000 މެޓްރިކް ޓަނުގެ އިންސާނީ އެހީއެވެ.

ސަހްޔޫނީން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމު މިވަގުތަށް ހުއްޓާލާފައިވާއިރު މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ސަހްޔޫނީން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމު ހުއްޓާލާފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ އެގައުމުގެ އަސްކަރިއްޔާގެ ސިފައިން އެ ސަރަހައްދު ދޫކޮށް ފަހަތަށް ޖެހެން ފެށުމާ އެކުއެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން ވެސް ވަނީ ޣައްޒާގައި ހަރަތްތެރިވާ އެ މީހުންގެ ސިފައިން ފަހަތަށް ޖެހެން ފަށާފައިވާކަން އިއުލާނުކޮށްފައެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލާފައިވަނީ އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް ސަހްޔޫނީންނާއި ހަމާސްއިން އެއްބަސްވެގެންނެވެ. މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ސަހްޔޫނީން ފާސްކޮށްފައިވަނީ ސަލާމަތީ ކެބިނެޓް ބައްދަލުވުމެއް ބާއްވައި ރޭގެ ވަގުތެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved