April 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޣައްޒާއަށް "ގޯ ޓު ހެލް" ބުނި ޖޯޑަން ޕީޓާސަން ހާލު ދެރަވެ އައިސީޔޫގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 11, 2025, 10:53 PM
މާލެ ސިޓީ

ކެނެޑާގެ މަޝްހޫރު ނަފްސާނީ މާހިރު އަދި ލިޔުންތެރިޔާ ޑރ.ޖޯޑަން ބީ ޕީޓާސަން އަށް ނިއުރޯލޮޖިކަލް ހާލަތަކާ ގުޅުން ހުރި ބޮޑެތި ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާގެ އަންހެން ދަރިފުޅު މިކައިލާ ޕީޓާސަން ހާމަކޮށްފިއެވެ.

Advertisement

ނިއުރޮލޮޖިކަލް ސިއްހީ ބޮޑެތި މައްސަލަތަކާއި ޕީޓަސަން ތަހައްމަލުކުރާއިރު އޭނާ ވަނީ އެކްސް ޕްލެޓްފޯމްގައި ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަށް ވޭނުން ފުރިގެންވާ ހަމަލާތައް ދިނުމަށް ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޓެގް ކުރައްވައި ގޮވާލައި، ޣައްޒާގައި ސަހްޔޫނީންގެ އަމަލުތަކަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވާ ވާހަކަދައްކާފައެވެ.

"Give them Hell, Enough is Enough"

ޕީޓަސަން ޕޯސްޓްކޮށްފައިވެއެވެ.

އޭނާގެ ޕޯސްޓަށް ފުޅާދާއިރާއެއްގައި ފާޑުކިޔުންތައް އަމާޒުވެ، ގިނަ ބަޔަކު ވަނީ ޕީޓަސަން އަށް މި ހާލަތު ދިމާވީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ގަތުލުއާންމުއާއި މެދު އެފަދައިން ވާހަކަދެއްކުމުން ކަމަށެވެ. އަދި އޭނާގެ ވާހަކަތަކަކީ "ޒިއްމާދާރުކަން ކުޑަ" ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

މި މައްސަލައާއި ގުޅިގެން ޕީޓަސަންގެ ބަޔާނެއް ނެރެފައިނުވާއިރު އޭނާގެ އަންހެން ދަރި އަންނަނީ ޕީޓަސަންގެ ބަލީގެ އަޕްޑޭޓް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް މިފަދައިން ވާހަކަދައްކާ އަނުޔާވެރިކަމަށް ގޮވާލާ މީހުންނަށް މިފަދަ ނިމުމެއް މިންވަރުކުރެއްވުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ޖޯޑަން ޕީޓަސަން އަކީ ސަހްޔޫނީންނާއި ގާތް ގުޅުން ބާއްވާ ސަހްޔޫނީންނަށް އެއްކޮޅަށް ވަކާލާތުކުރާ މީހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved