theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / ސޯޝަލް މީޑިއާ
ދުނިޔެ
ފާއިތުވި 24 ގަޑިއިރު ތެރޭ ޣައްޒާގައި 5،000 އެހީގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފި
Yana Shareef
ޔާނާ ޝަރީފް
11 އޮކްޓޯބަރު 2025

ފާއިތުވި 24 ގަޑިއިރު ތެރޭ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް 5،000 އެހީގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެކިގޮތްގޮތުން އެހީވުމަށް ހިންގި މިޝަންތަކަކާއި ގުޅޭ ތަފްސީލުތައް ނެރެފައެވެ.

އެގޮތުން ގާތްގަނޑަކަށް 1،200 މެޑިކަލް އަދި ހެލްތު މިޝަން ހިންގާފައިވާ ކަމަށް ބުނެފައި ވެއެވެ. މި މިޝަންގެ ތެރެއިން ޒަހަމްވެފައިވާ މީހުންނާއި ބަލި މީހުންނަށް ފަރުވާ ދީ، އަނިޔާ ލިބިފައިވާ މީހުންނާއި ދިގު މުއްދަތަކަށް ބަލި މީހުން މޮނިޓަރު ކުރެން ހިމެނެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް، ފުލުހުން، އަދި މުނިސިޕަލް ޓީމުތަކުން ކުރިއަށް ގެންދިޔަ 850 އަށް ވުރެ ގިނަ "ރެސްކިއު އެންޑް ރިލީފް" މިޝަންތަކުގެ ދަށުން ހަށިގަނޑުތައް ހޯދުމާއި ކުނިތައް ނައްތާލުމާއި ހަލާކުވެފައިވާ ސަރަހައްދުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި، ފެނާއި ނަރުދަމާގެ ނިޒާމު އަލުން އާރާސްތުކުރުމާއި، ކުނި ނައްތާލުމާއި، މީހުން ދިރިއުޅޭ އެކި އަވަށްތަކުގެ މަގުތައް ހުޅުވުމުގެ 900 އަށް ވުރެ ގިނަ ސާވިސް މިޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ އިތުރުން ކާބޯތަކެތީގެ ޕާރުސަލްތައް ބެހުމަށް ގާތްގަނޑަކަށް 700 އިންސާނީ މިޝަން ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ކުޑަކުދިންނާއި ނާޒުކު ގްރޫޕްތަކަށް ސައިކޯސޯޝަލް ސަޕޯޓް އޮޕަރޭޝަންތައް އިންތިޒާމް ކުރުމަށް ހިޔާތަކާއި ފީލްޑް ސްކޫލްތަކުގައި 650 އަށް ވުރެ ގިނަ ކޮމިއުނިޓީ މިޝަންތައް ވެސް ހިންގާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި އެހީ ފޯރުކޮށްދިނުމާއި، ފީލްޑް ހަރަކާތްތައް ބެލެހެއްޓުމާއި، ކަމާ ބެހޭ ގައުމީ އަދި ބައިނަލްއަގްވާމީ އިދާރާތަކަށް ސައްހަ ޑޭޓާ ފޯރުކޮށްދިނުމާ ގުޅޭ 700 އަށް ވުރެ ގިނަ ލޮޖިސްޓިކަލް، އޮގަނައިޒޭޝަނަލް އަދި މީޑިއާ މިޝަންތައް ވެސް މި އޮޕަރޭޝަނުގެ ދަށުން ވަނީ ހިންގާފައި ވެއެވެ.

ޣައްޒާއާ ދެކޮޅަށް ހިންގަމުންދިޔަ ގަތުލުއާންމު ހުއްޓާލި ކަމަށް އިސްރާއިލުން އިއުލާން ކުރީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved