April 16, 2026
Advertisement
-
- / އަލްޖަޒީރާ

އަހަރުތަކެއްވީ ހަނގުރާމަ ނިމުމުން އެކަމާ ފަލަސްތީނުގައި އުފާފާޅުކުރުން ނިރުބަވެރިން މަނާކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 13, 2025, 10:41 PM
މާލެ ސިޓީ

އެތަކެއް އަހަރުވީ ޣައްޒާ-އިޒްރޭލް ހަނގުރާމަ ނިމުމަކަށް އައިސް ނިރުބަވެރި ސަހްޔޫނީން ނުހައްގުން އެ ގައުމުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީން ދޫކޮށްލުމުގެ ކަންކަން ކުރިއަށްދާއިރު އުފާ ފާޅުކުރުން މަނާކޮށްފިއެވެ.

Advertisement

ޣައްޒާގައި ރަހީނުކޮށްފައިވާ ސަހްޔޫނީންގެ 20 މީހުން ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި މިއަދު ނިރުބަވެރިންގެ ހައްޔަރުގައި ތިބި ފަލަސްތީނުގެ 2،000 ރައްޔިތުން ދޫކުރާނެއެވެ.

އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އަދި އޭގެ ފަހުން ވެސް އުފާފާޅުނުކުރުމަށް ނިރުބަވެރިން ވަނީ އަންގާފައެވެ.

ފަލަސްތީނުގެ 2،000 އެއްހާ އާއިލާ މިހާރު ތިބީ ސަހްޔޫނީންގެ ޖަލުތަކުން އެމީހުންގެ ލޯބިވާ މީހުން ދޫކޮށްލުމުގެ އިންތިޒާރުގައެވެ. އެ މީހުން ޣައްޒާގެ ނާސިރު ހޮސްޕިޓަލް ނުވަތަ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ދިރިއުޅޭ އެމީހުންގެ ގެތައް ކައިރީގައި އެބަތިބިއެވެ.

ދޫކޮށްލާ މީހުންގެ ތެރޭގައި ޣައްޒާއަށް ނިސްބަތްވާ ފަލަސްތީނުގެ 1،700 މީހުން ވެސް ހިމެނެއެވެ. އަދި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ 250 މީހުން ވެސް ހިމެނެއެވެ.

އޭގެ ތެރެއިން 135 މީހުން ޣައްޒާއަށް ފޮނުވާއިރު، 100 މީހަކު ހުޅަނގު އައްސޭރިއަށް ގެންދާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި 15 މީހަކު ދޫކޮށްލާނީ ގުދުސްއަށް ކަމަށް ވެއެވެ.

ހަމާސް ޖަމާއަތާއި ސަހްޔޫނީންނާއި ދެމެދު 7 އޮކްޓޫބަރު 2023 ގައި ފެށި ހަނގުރާމަ ނިންމާލަން އެއްބަސްވެފައިވަނީ ޓްރަމްޕް ހުށަހެޅި ޕްލޭނަށް ދެފަރާތުން ވެސް އެއްބަސްވެގެންނެވެ. އެ އެއްބަސްވުމުގެ ދަށުން މިއަދު ކުރިއަށްދަނީ ދެ ގައުމުގައި ތިބި ގައިދީން މިނިވަންކުރުމުގެ މަސައްކަތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved