theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
‎އަހަރެންގެ ދަރިންތައް ޝަހީދުވެއްޖެ، މިނިވަންކަމުން އެއްވެސް އުފަލެއް ނެތް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
14 އޮކްޓޯބަރު 2025
މާލެ ސިޓީ

ނިރުބަވެރި ސަހްޔޫނީން ޣައްޒާއާއި ދެކޮޅަށް ހިންގަމުންދިޔަ އަނިޔާވެރި ގަތުލުއާންމުގައި އެތަކެއް އާއިލާތަކެއް ރޫޅި، ދަރިންތައް ޔަތީމުވެ، މައިންބަފައިންނަށް އެމީހުން ދަރީންތައް ވަނީ ގެއްލިގެން ގޮސްފައެވެ.

އެތަކެއް އަހަރުވީ މި ހަނގުރާމައަށްފަހު މިނިވަން ޖައްވަކަށް ޣައްޒާ ރައްޔިތުން ނޭވާ ލަމުންދާއިރު މި މިނިވަންކަމުގެ ޙަގީގީ އުފާ އެމީހުންގެ ދިރިއުޅުމުން މިއަދު ފެންނާކަށް ނެތެވެ. ސޯޝަލް މީޑިއާގައި ޣައްޒާ ރައްޔިތުންގެ އޭރުގެ ދިރުޅުމާއި މިހާރު ޣައްޒާ ރައްޔިތުންގެ ހާލަތު ދައްކުވައިދޭއިރި ހިތްފަޅައިގެންދާވަރުވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައސަހްޔޫނީންގެ ޖަލުން މިނިވަންވި ޣައްޒާ ރައްޔިތަކު އޭނާގެ މުޅި އާއިލާ ހަނގުރާމައިގައި ޝަހީދުވެ ދުނިޔެ ދޫކޮށްފައިވާ ކަމަށާއި މިހާރު ލިބުނު މި މިނިވަންކަމުން އެއްވެސް އުފަލެއް ނެތް ކަމަށް ބުނެ ރޮމުން އޭނާގެ ވާހަކަ ކިޔާދީފައިވެއެވެ.

އަތުގަ އަޅާ މި ކެވެލި ހެދީ އަހަރެންގެ ކުޑަ ދަރިފުޅުގެ އުފަންދުވަހުގައި އަތުގައި އަޅުވަން. އެ ކުއްޖާގެ އުފަންދުވަހަކީ އޮކްޓޯބަރު 13. އަހަރެންގެ އެންމެ ހަގު ދަރީގެ އުމުރަކީ އެންމެ 02 އަހަރޔ. އެކުއްޖާވެސް ޝަހީދުކޮށްފި. ބަރާގެ އުމުރުން 8 އަހަރު އިމާންގެ އުމުރުން 5. އަހަރެންގެ ލޯބިވާ އެންމެން ޝަހީދުވެއްޖެ، އަހަރެންގެ ދަރީންތައް ޝަހީދުވެއްޖެ

- މިނިވަންވި ޣައްޒާ ރައްޔިތަކު ރޮމުން ކިޔާދިނެވެ.

ޔަހޫދީންގެ ލާއިންސާނީ އަނިޔާތަކުން ޣައްޒާ ރައްޔިތުން ސަލާމަތްވިއިރު އެމީހުންވެސް ވަނީ އެ އަނިޔާވެރިކަމުގައި ޝަހީދުވެފައިވާ ފަދައެވެ. ބަނޑުހައި ހޫނުކަމުގައި އެތަކެއް ދުވަސްތަކެއް ހޭދަކުރުމުގެ ސަބަބުން ހަށިގަނޑުވަނީ ހިކި އަނަރޫފަވެފައެވެ. ގައިގާ އެއްވެސް ވަރެއް ނެތެވެ. ސަހްޔޫނީންގެ ޖަލުތަކުން މިހާރު މިނިވަން ކުރަމުންދާ ޣައްޒާ ރައްޔިތުންގެ ހާލަކީވެސް މިއީއެވެ. އާއިލާގެ ގިނަ މެންބަރުން ނުވަތަ އެންމެން ކަހަލަ ގޮތަކަށް ވަނީ ނިޔާވެފައެވެ. މިނިވަންވެގެން އަނބުރާ ދާނެ ބައެއް ނެތެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved