March 11, 2026
Advertisement
-
- / ސީ.އެން.އެން

އެމެރިކާއިން ވެނެޒުއޭލާގައި ހުންނަ އެގައުމުގެ އެމްބަސީއަށް ދޭން އުޅުނު ހަމަލާ ވެނެޒުއެލާއިން ހުއްޓުވައިފި ކަމަށް ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 14, 2025, 10:43 PM
މާލެ ސިޓީ

ވެނެޒުއޭލާގެ ކަރަކަސްގައި ހުންނަ އެމެރިކާ އެމްބަސީގައި ގޮވާތަކެތި ބަހައްޓަން ހަރުކަށި ފިކުރުގެ މީހުން ރޭވި ރޭވުން ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއެޖެއެވެ.

Advertisement

އޭނާ ސިފަކުރެއްވި ގޮތުގައި މި ރޭވުމަކީ ވެނެޒުއެލާ އަށް ތުހުމަތު އަންނާނެ ގޮތަށް އެމެރިކާއިން ރާވައިގެން ހަމަލާއެއް ދިނުމަށް އުފެއްދި "ފޯލްސް ފްލެގް" އެއް ކަމަށެވެ.

ވެނެޒުއެލާއާއި އެމެރިކާގެ ޑިޕްލޮމެޓިކް ގުޅުން ކެނޑުމާ ގުޅިގެން 2019 ވަނަ އަހަރުން ފެށިގެން ކަރަކަސްގައި ހުންނަ އެމެރިކާ އެމްބަސީ ވަނީ ބަންދުކޮށްފައެވެ.

ވެނެޒުއެލާގެ ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި އެ ރޭވުން ވަކިވަކިން ތިން ޗެނަލެއް މެދުވެރިކޮށް އެމެރިކާގެ މަންދޫބުންނާއި ޔޫރަޕްގެ އެމްބަސީއަށް ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން އެމްބަސީގެ ސަރަހައްދުގައި ސަލާމަތީ ކަންކަން އިތުރުކޮށް، އަނިޔާވެރިކަން ހިންގަން މަސައްކަތް ކޮށްފިނަމަ ބޮޑެތި ނަތީޖާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

މަޑޫރޯ ވަނީ ރައްޔިތުން ހަމަޖެހިލައިގެން ހޭލުންތެރިވެ ތިބުމަށް ގޮވާލައްވާފައެވެ. އޭނާ ތުހުމަތު ކޮށްފައިވާ ގޮތުގައި އެމެރިކާއިން އަންނަނީ ވެނެޒުއެލާގެ ތެރެއަށް ދޮގު ތުހުމަތުތައް އަޅުވައިގެން ވަދެވޭނެ ގޮތްތައް ހޯދަމުންނެވެ.

މީގެ އިތުރުން، އެމެރިކާއިން މަސައްކަތް ކުރަނީ ވެނެޒުއޭލާގެ ސަރުކާރު ވައްޓާލުމަށް ކަމަށްވެސް މަދޫރޯ ވަނޫ ސިފަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved