
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، އިރާގުގައި ތިބި އެމެރިކާގެ ސިފައިން އެ ގައުމުން ބޭލުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މިކަމާ ގުޅޭގޮތުން ބޭރުގެ ބައެއް މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި، މިއީ ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމާފައިވާ ނިންމުމެކެވެ.
އިރާގުން އެމެރިކާ ސިފައިން ފޭބުމަކީ ސަރަހައްދީ މަސްލަހަތަށާއި އިރާގުގެ މިނިވަންކަމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.










