
އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ އަސްކަރިއްޔާއިން ލުބްނާނުގެ އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށް މިއަދު ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކެއްގައި ހަ މީހަކު ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.
ލުބްނާނުގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އެ ގައުމުގެ އިރުމަތީގައިވާ ބައެއް އަަށް ތަކުރާރުކޮށް ހަމަލާދީފައެވެ. މި ހަމަލާތަކަކީ ލުބްނާނުގެ ހިޒްބުالله ޖަމާއަތުގެ މަރުކަޒުތަކަށް އަމާޒުކޮށްދިން ހަމަލާތަކެއް ކަމަށް އިޒްރޭލުން ބުނި ނަމަވެސް، މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މި ހަމަލާތަކާ ގުޅިގެން ހިޒްބުالله އިން ވަނީ އިޒްރޭލުގެ ދެކުނުގެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެގޮތުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި އިސްތިއުމާރީ ވަޒަންވެރިން އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ.
އިޒްރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި އިތުރުވެފައިވަނީ، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކުގެ ސަބަބުން ލުބްނާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކުރަން ފަށާފައެވެ.










