April 17, 2026
Advertisement
-
- / އަލްޖަޒީރާ

މިނިވަންކުރި ޣައްޒާގެ ރައްޔިތެއްގެ އާއިލާއަކަށް ސަހްޔޫނީން ހަމަލާދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 15, 2025, 02:35 AM
މާލެ ސިޓީ

ޣައްޒާގައި ސަހްޔޫނީން ހިންގަމުންދިޔަ ގަތުލުއާންމު ނިމިއްޖެކަމަށް ޓްރަމްޕް އިއުލާންކޮށް ދެ ގައުމުގައި ތިބި އަސީރުން މިނިވަންކުރުމުގެ މަރުހަލާތައް ކުރިއަށްގެންދާ މި ދަނޑިވަޅުގައި ސަހްޔޫނީން ޣައްޒާގެ އާއިލާއަކަށް ހަމަލާދީފިއެވެ.

Advertisement

ސަހްޔޫނީން ހަމަލާދީފައިވަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތެއްގެ އާއިލާއަކަށެވެ. މި ހާދިސާ ހިނގި އިރު އެމީހާ އާއިލާ ކައިރިއަށް ނުދެވޭ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ނޫސްވެރިޔާ އަންދްރޭ ޚުރްޒަނޮވްސްކީ އޮންލައިންކޮށް ހިއްސާކުރި ވީޑިއޯ ފުޓޭޖުން އެ ސަރަހައްދުގެ މަންޒަރުތައް ފެންނަ އިރު، އެ ހާދިސާގައި ކުރީގެ ގައިދީގެ އާއިލާއަކަށް އަމާޒުކޮށް ހިންގާފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ސަރަހައްދުގެ މީހުން ބުނި ގޮތުގައި އެ ހަމަލާގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ރޭގަނޑުގެ ދަންވަރު ވަގުތެއްގައެވެ.

މި ހާދިސާގެ ސަބަބުން ސަހްޔޫނީންނަށް އަނެއްކާވެސް ބޮޑެތި ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

މި ކަމާއި ގުޅޭ ގޮތުން ސަހްޔޫނީން ރަސްމީކޮށް ބަޔާނެއް ނެރެފައިނުވެއެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލާފައިވާ ކަމަށް އިއުލާންކުރި ފަހުން މިފަދަ ހާދިސާތައް ހިނގުމަކީ މިހާރު ވެފައިވާ ސުލްހައިގެ އެއްބަސްވުމަށް ބުރޫ އަރާ ހަނގުރާމަ އަނެއްކާވެސް ފެށިގެންދާނެ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved