April 16, 2026
Advertisement
...
... / ސޯޝަލް މީޑިއާ

ރަފާހް ކްރޮސިން މިއަދު އަލުން ހުޅުވަން ޔަހޫދީންގެ ސަރުކާރުން ނިންމައިފި: ރިޕޯޓް

Yana Shareef
ޔާނާ ޝަރީފް
Oct 15, 2025, 08:29 PM

މިދިޔަ ހަފުތާގައި އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ރަފާހް ކްރޮސިން މިއަދު އަލުން ހުޅުވަން އިސްރާއީލުގެ ސަރުކާރުން ނިންމާފައިވާ ކަމަށް އިސްރާއީލުގެ ކާން ޕަބްލިކް ބްރޯޑްކާސްޓަރު އިން ރިޕޯޓްކޮށްފިއެވެ.

Advertisement

މީގެ ކުރިން ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލުގެ އެހީގެ މަގު އަލުން ހުޅުވުން ލަސްވެދާނެއެވެ. އިސްރާއީލުން މިގޮތަށް ބުނެފައި ވަނީ ހަމާސް އިން ރަހީނު ކުރި މީހުންގެ ތެރެއިން މަރުވި 20 މީހެއްގެ ހަށިގަނޑު ދިނުމުގައި ލަސްތަކެއް ވަމުންދާ ކަަމަށް ބުނެއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އިސްރާއީލުގެ ސަރުކާރުގެ އޮފިޝަލަކު ޒިންހުއާ އަށް މައުލޫމާތު ދެމުން ބުނީ، ހަމާސް ޖަމާއަތުން މަރުވެފައިވާ މީހުންގެ ހަށިތައް އަނބުރާ ގެންދެވެންދެން ރަފާހް ކްރޮސިން ބަންދު ކުރާނެ ކަމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުން ވަރަށް ބޮޑަށް މަނާވާނެ ކަމަށެވެ.

ނަމަވެސް އެ ނިންމުން ބަދަލުކުރީ ހަމާސް ޖަމާއަތުން އިތުރު ހަތަރު މީހެއްގެ ހަށިތައް އަނބުރާ ފޮނުވާލުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ އިތުރުން އިސްރާއީލުން މީގެ ކުރިން ވަނީ، ކުރިން އެއްބަސްވެފައިވާ އެހީގެ ޓްރަކްތަކުގެ ދެބައިކުޅަ އެއްބައި ޣައްޒާއަށް އެތެރެވުމުގެ ހުއްދަ ދޭނެ ކަމަށް ބުނެފައެވެ.

އަދި ދެ ފަރާތުން ވެސް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވި ކަމަށް ތުހުމަތުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved