March 10, 2026
Advertisement
-
- / ސަމާ ޓީވީ

ޕާކިސްތާނުން ތާލިބާނުންގެ ބޯޑަރުތައް ފުނޑު ފުނޑު ކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 16, 2025, 12:53 AM
މާލެ ސިޓީ

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ތާލިބާނުންނާއި ދެމެދު އުފެދިފައިވާ ހަނގުރާމައިގައި ޕާކިސްތާނުގެ ހަމަލާތައް ވަރުގަދަކޮށް ތާލިބާނުންގެ ބޯޑަރުތައް ފުނޑުފުނޑުކޮށްލައިފި ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

Advertisement

މިގޮތުން ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ތާލިބާނުންގެ ޕޯސްޓްތަކަށް އަމާޒުކޮށް ފޮނުވައިފައިވާ ވައިގެ ހަމަލާއެއްގެ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.

މި ވީޑިއޯތަކުން ފެންނަ ގޮތުގައި ޕޯސްޓްތައް ވަކި ވަކީން ޓާގެޓްކޮށްގެން ހަމަލާދިނުމަކީ ޕާކިސްތާނުން ޓެރަރިޒަމަށް ޒީރޯ ޓޮލަރެންސް އޮތްކަން ހާމަވާކަމެއް ކަމުގައި ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

-
-

ފާއިތުވި ގަޑިއިރުތަކުގައި ޕާކިސްތާނުގެ ފޯވާޑް ޔުނިޓްތަކުން ގެންދަނީ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކޮށް އަފްޣާނިސްތާނުގެ ޓެރަރިސްޓް ޖަމާއަތް ބަލިކުރުމަށް އަންނަނީ ވަރުގަދަ ހަމަލާތައްދީ އެމީހުން ބަލިކުރަމުންނެވެ.

ޕާކިސްތާނުގެ ހަމަލާތައް ވަރުގަދަކޮށްފައިވަނީ ތާލިބާނުން އެމީހުން ހަނގުރާމައިގައި މިހާތަނަށް ދެއްކީ އެންމެ 10% ކަމަށް ބުނެ ވާހަކަ ދައްކާފައިވަނިކޮށެވެ.

ނަމަވެސް ޕާކިސްތާނުން ވަނީ އެ ގައުމުގެ އަސްލު ދައްކާ ތާލިބާނުންނަށާއި އެމީހުންނަށް ވާގިވެރިވާ އިންޑިއާއަށް ވަރުގަދަ ރައްދެއް ދީފައެވެ.

އިންޑިއާގެ މޯދީ ސަރުކާރުން އަންނަނީ ތާލިބާނުން ނިވާފަތްގަނޑަކަށް ހަދާ އެމީހުން ބޭނުނުންކޮށްގެން ޕާކިސްތާންށް ހަމަލާދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved