June 24, 2026
Advertisement
ހަމަލާތަކުގެ ތެރެއިން
ހަމަލާތަކުގެ ތެރެއިން / ސީ.އެން.އެން

ސަހްޔޫނީން ލުބުނާނަށް ބޮން އަޅަން ފަށައިފި

Aiminath Sarah
އައިމިނަތް ސާރާ
Oct 17, 2025, 03:32 PM
މާލެ ސިޓީ

ލުބުނާނާއި އެކު މިދިޔަ އަހަރު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ސަހްޔޫނީން ޚިލާފުވެ އެ ޤައުމުގެ ދެކުނަށް ބޮން އަޅަން ފަށައިފިއެވެ.

Advertisement

ސަހްޔޫނީންގެ ފައިޓާޖެޓްތަކުން ޙަމަލާތައް ދެމުން ދަނީ ހިޒްބުﷲ އާއި ގުޅުންހުރި އަވަށްތަކަށް ކަމަށް އެގައުމުގެ އަސްކަރިއްޔާ އިން ބުނެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ޙަމަލާތަކުގައި މިހާތަނަށް އެކަކު ޝަހީދުވެފައި ވާއިރު ގިނަބަޔަކު ވަނީ ޒަޚަމް ވެފަ އެވެ.

ޣައްޒާގައި ދެ އަހަރު ވަންދެން ސަހްޔޫނީން ހިންގި ގަތުލުއާންމު ނިމިފައިވާކަން އިއުލާންކޮށްފައިވާ ދަނޑުވަޅެއްގައި ލުބްނާންއަށް ބޮން އަޅަން ފެށުމުން ސަހްޔޫނީންނަށް ފަޑުކިޔުން އަނެއްކާވެސް ވަނީ އަމާޒުވެފައެވެ.

އެ އެއްބަސްވުމާއި ޚިލާފަށް ޣައްޒާއަށްވެސް ހަމަލާދެމުންދާ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved