April 22, 2026
Advertisement
-
- / ބަންގްލަދޭޝް މީޑިއާ

ބަންގްލަދޭޝްގެ އެންމެބޮޑު އެއާޕޯޓްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 19, 2025, 04:29 AM
މާލެ ސިޓީ

ބަންގްލަދޭޝްގެ މައި އެއާޕޯޓް، ހަޒްރަތް ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، މުޅި އެއާޕޯޓް ހުއްޓުމަކަށް އަތުވެއްޖެއެވެ.

Advertisement

ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމްގެ އެޑްވައިޒަރު ބަސިކް އުޑިން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްއަށް ގެންނަ މުދާ ބެހެއްޓުމަށް ހަދާފައިވާ ކާގޯ އޭރިއާގައި ކަމަށެވެ.

އަލިފާން ރޯވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވިނަމަވެސް އެތަނުގައި އެވަގުތު ތިބި ބައެއް މީހުންނަށް އަލިފާނުގެ ސަބަބުން ގެއްލުންތަކެއް ލިބުނުކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބަންގްލަދޭޝްގެ މައި އެއާޕޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ބައެއްއެއާލައިންތަކުން ވަނީ ފްލައިޓްތައް އެހެން ދިމާތަކަށް ޑައިވާޓްކޮށްފައެވެ. އަދި ފަހުން ވަނީ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. ރޯވި އަލިފާންގަނޑު ކޮންޓްރޯލްވެފައިވާއިރު، ބަންގްލަދޭޝްގެ ސަރުކާރުން ބުނެފައިވަނީ އެކަން ވަރަށް ރަނގަޅަށް ތަހްގީގްކުރާނޭކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ބަންގްލަދޭޝްގެ ކާގޯ ބަހައްޓާތަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން 1 ބިލިއަން ޑޮލަރަށްވުރެ ބޮޑުވާނެކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved