March 10, 2026
Advertisement
-
- / ވޯރޑްޕްރެސް.ކޮމް

އެމެރިކާއިން ޗައިނާއަށް ސައިބާ ހަމަލާތަކެއް ދިންކަމުގެ ތުހުމަތު ޗައިނާއިން ކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 19, 2025, 11:44 PM
މާލެ ސިޓީ

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީން ޗައިނާގެ ގައުމީ ޓައިމް ސެންޓަރަށް ސައިބާ ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުން ތުހުމަތުކޮށްފިއެވެ.

Advertisement

ޗައިނާއިން މި ތުހުމަތުކުރީ އެކަމާ ގުޅިހުންހުރި ތަހުގީގަކަށް ފަހު ކަމަށް އެ ގައުމުން ހާމަކޮށްފައިވެއެވެ.

ޗައިނާއިން ބުނީ އެމެރިކާއިން ދިން މި ހަމަލާގެ ސަބަބުން ވަސީލަތްތަކަށް ލިބުނު ގެއްލުމަކުން ނެޓްވޯކް މުވާސަލާތާއި މާލީ ނިޒާމުތަކާއި ކަރަންޓް ސަޕްލައިއަށް ބުރޫ އަރާފާނެ ކަމަށެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާގެ އެޖެންސީން 2022 ވަނަ އަހަރު ނޭޝަނަލް ޓައިމް ސާވިސް ސެންޓަރުގެ މުވައްޒަފުންގެ ޑިވައިސްތަކުން ނާޒުކު މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެމެރިކާއިން މިކަން ކުރީ ބޭރުގެ މޯބައިލް ފޯނު ބްރޭންޑެއްގެ މެސެޖިން ސާވިސްގައި ހުރި ނާޒުކު މައުލޫމާތި ބޭނުންކޮށްގެން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް، އެއީ ކޮން ބްރޭންޑެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އަދި އެމެރިކާގެ އެޖެންސީން 42 ވައްތަރެއްގެ "ހާއްސަ ސައިބާ ހަމަލާގެ ހަތިޔާރު" ބޭނުންކޮށްގެން އެ ސެންޓަރުގެ އެތައް އެތެރޭގެ ނެޓްވޯކް ނިޒާމުތަކަސް އަމާޒުކޮށް، 2023 އާއި 2024 އާ ދެމެދު ކީ ޓައިމިން ނިޒާމަކަށް ވަންނަން މަސައްކަތް ކުރި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އެމެރިކާއިން ރަސްމީ ބަހެއް ބުނެފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved