March 9, 2026
Advertisement
-
- / ނިއުޔޯކް ޓައިމްސް

އެމެރިކާގައި ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 20, 2025, 12:02 AM
މާލެ ސިޓީ

އެމެރިކާގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ.

Advertisement

އެމެރިކާގެ ގިނަ ސިޓީތަކެއްގައި ކުރިއަށް ދިޔަ މި މުޒާހަރާތަކުގައި ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

"ނޯ ކިންގްސް" ގެ ނަމުގައި ހިންގި މި މުޒާހަރާތަކުގައި ނިއުޔޯކް، ވޮޝިންޓަން ޑީސީ، ޝިކާގޯ، މިއާމީ އަދި ލޮސް އެންޖެލިސް ފަދަ ސިޓީތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ނިއުޔޯކް ސިޓީގެ ޓައިމްސް ސްކޭއާ އާއި އެ ސިޓީގެ އެކި މަގުތަކުގައި އެތައް ހާސް ބަޔަކު ވަނީ "ޑިމޮކްރަސީ ނޮޓް މޮނާރޗީ" އާއި "ގާނޫނު އަސާސީއަކީ އިޚްތިޔާރީ އެއްޗެއް ނޫން" ފަދަ ޝިއާރުތައް ޖަހާފައިވާ ބޯޑުތައް ހިފައިގެން އެއްވެފައެވެ.

މުޒާހަރާތަކުގެ ކުރިން ޓްރަމްޕްގެ އެކުވެރިން ވަނީ މުޒާހަރާގެ ބައިވެރިންނަކީ ދުރު ކަނާތުފިޔައިގެ އެންޓިފާ ހަރަކާތާ ގުޅުން ހުރި ބައެއް ކަމަށް ތުހުމަތުކޮށް، އެމީހުން ކިޔާ "ދަ ހޭޓް އެމެރިކާ ރެލީ" ކުށްވެރިކޮށްފައެވެ.

ޖެނުއަރީ މަހު ވައިޓް ހައުސްއަށް އެނބުރި އައި ފަހުން ޓްރަމްޕް ވަނީ ސްޓޭޓް ގަވަރުނަރުންގެ އިއުތިރާޒުތަކާ އެކު ވެސް ފެޑެރަލް ސަރުކާރުގެ ބައެއް ރޫޅާލުމާއި އެމެރިކާގެ ސިޓީތަކަށް ސަލާމަތީ ބާރުތައް ފޮނުވުމަށް އެގްޒެކެޓިވް އަމުރުތައް ބޭނުންކޮށްގެން ރިޔާސީ ބާރުގެ ދާއިރާ ފުޅާކޮށްފައެވެ.

ޓްރަމްޕަ ވިދާޅުވާ ގޮތުގައި މިއީ އެމެރިކާ ހަމަ މަގަށް އެޅުވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އޭނާ އަކީ ހުދުމުހުތާރު ވެރިއެއް ފަދައިން އަމަލުކުރާ މީހެއް ކަމަށް ކުރާ ތުހުމަތުތައް އެއީ ބާތިލް ތުހުމަތުތަކެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved