April 22, 2026
Advertisement
-
- / ނިއުޔޯކް ޓައިމްސް

އެމެރިކާއަށް ބިރަށް ރަޝިއާއިން ގޭސް އެތެރެކުރުން ހުއްޓަން އީޔޫގެ ގައުމުތަކުން އެއްބަސްވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 21, 2025, 02:51 PM
މާލެ ސިޓީ

2027 ވަނަ އަހަރުގެ ފަހުކޮޅު ރަޝިއާއިން ގޭސް އެތެރެކުރުން ހުއްޓަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން އެއްބަސްވެއްޖެއެވެ.

Advertisement

ޔޫރަޕިއަން ޔޫނިއަނުން މިފަދައިން ނިންމާފައިވާއިރު އެމެރިކާއިން މަޖުބޫރުކޮށްގެން އިންޑިއާއިންވެސް ވަނީ ރްޝިއާއިމް ތެލާއި ގޭސް ހުއްޓާލުމަށް ނިންމާފައެވެ.

ލަކްޒަމްބާގްގައި ބޭއްވި ހަކަތައާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައި ޔޫރަޕިއަން ކޮމިޝަނުން ފާސްކުރީ ރަޝިއާއިން ޕައިޕްލައިން ގޭސް އެންޑް ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ވެސް އިމްޕޯޓް ކުރުން ހުއްޓުވުމަށް މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ރޮޓޭޓިން ޕްރެޒިޑެންސީ އޮތް ޑެންމާކުގެ އެނާޖީ މިނިސްޓަރު ލާސް އާގާޑް ވަނީ މިއީ ޔޫރަޕް ހަކަތަ މިނިވަން ކުރުމަށް އެޅި "މުހިންމު" ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.

މި ޕްލޭނަކީ ރަޝިއާގެ ހަކަތަ ސަޕްލައިތަކުން ބްލޮކް ދޫކޮށްލުމަށް އީޔޫގެ ފުޅާ ސްޓްރެޓެޖީއެއްގެ ބައެއް ކަމަށް ބުނާއިރު މީގެ އަޑީގައި އޮތީ އެމެރިކާ ކަމަށް ގިނަ ގައުމުތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.

ޔޫރަޕިއަން  ކޮމިޝަނުން ޕެރެލަލްކޮށް ބާރުއަޅަނީ މީގެ އެއް އަހަރު ފަހުން، ޖެނުއަރީ 2027 ގެ ނިޔަލަށް އެލްއެންޖީ އިމްޕޯޓް ކުރުން މަރުހަލާތަކަކަށް ބަހާލާށެވެ. އެއީ ރަޝިޔާގެ ހަނގުރާމަ ހުއްޓުވުމަށް އަމާޒުކޮށްގެން އަޅާފައިވާ ދަތިކުރުމުގެ އާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ނަމަވެސް، މިކަމަށް ޓަކައި ދަތިކުރުމުގެ ފިޔަވަޅުތަކަށް އީޔޫގެ 27 ގައުމުގެ އިއްތިފާގުން ރުހުން ހޯދަން ޖެހޭނެއެވެ. އެހެންކަމުން މިއީ އަޅަން ވަރަށް ދަތި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved