April 22, 2026
Advertisement
-
- / އަލްޖަޒީރާ

ޓްރަމްޕްގެ ސުލްހައިގެ ޕްލޭން ފެނަށް - ސަހްޔޫނީން ޣައްޒާއަށް ހަމަލާދީ 48 ވަނަ ފަހަރަށް އެއްބަސްވުމާއި ޚިލާފުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 21, 2025, 03:40 PM
މާލެ ސިޓީ

ސަހްޔޫނީނުން އަނެއްކާވެސް ޣައްޒާއަށް ބޮން އަޅަން ފަށައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން 48 ވަނަ ފަހަރަށް މުގުރާލައިފިއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ސަހްޔޫނީ ސިފައިން (އައިޑީއެފް) އިން ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީ ވަނީ ޣައްޒާ ރައްޔިތުންނަށް ލިބުނު މިނިވަންކަން ނިގުޅައިގަނެފައެވެ.

Advertisement

ޣައްޒާގެ ރައްޔިތުން ބުނާ ގޮތުގައި މި ހަމަލާތަކުގައި ގިނަ ގެތަކާއި އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، މުޅި ޣައްޒާގައި އަޑުގަދަ ގޮވުންތަކުގެ އަޑުން އާއިލާތައް އަނެއްކާވެސް ބިރުވެރިކަމުގެ ތެރެއަށް ވަނީ ވެއްޓިފައެވެ.

ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނަށް އެހީތެރިވުމަށް ރެސްކިއު ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި އާ ހަމަލާގެ ސަބަބުން ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު، މިހާރުވެސް ރައްޔިތުންނަށް ކާނާއާއި ސާފު ފެނާއި ބޭސް ނުލިބުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ދަނޑިވަޅުގައި ބަނޑުހައިހޫނުކަން އިތުރުވެދާނެ ކަމުގެ ބިރު އަންނަނީ ފެތުރެމުންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ހެދި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ސަހްޔޫނީން ހަނގުރާމަ ހުއްޓާލިކަމަށް އިއުލާންކުރިފަހުން ޣައްޒާއަށް ހަމަލާދީ ވަނީ ސުލްހައިގެ އެއްބަސްވުމަކަށް ދުވަހަކުވެސް ޔަހޫދީން އިހުތިރާމް ނުކުރާނެކަން ސާބިތުކޮށްދީފައެވެ.

މި ހަމަލާތަކާއި ގުޅިގެން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އަންނަނީ ސަހްޔޫނީން ކުށްވެރިކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވަމުންނެވެ. އަދި އެއްބަސްވުމާއި ޚިލާފުވުމުން ޓްރަމްޕްއަށްވެސް ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved