April 22, 2026
Advertisement
އެހީ ވެއްދުމަށް ހުރަސް އަޅާތީ ޣައްޒާއަކީ ދުނިޔޭގައި އެންމެ ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ސަރަހައްދަށް ވެއްޖެ
އެހީ ވެއްދުމަށް ހުރަސް އަޅާތީ ޣައްޒާއަކީ ދުނިޔޭގައި އެންމެ ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ސަރަހައްދަށް ވެއްޖެ / ރޮއިޓަރސް

އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާ ސަހްޔޫނީންގެ ލާއިންސާނީކަން ކުރިއަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 21, 2025, 09:26 PM
މާލެ ސިޓީ

ޣައްޒާގައި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމުގެ އިންޒާރު އދ އިން ދީފިއެވެ.

Advertisement

ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ ތަންތަނާއި ދިމާކޮށް ސަހްޔޫނީން އަދިވެސް ހަމަލާތައް ދެމުންދާ ކަމަށާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކުން ޣައްޒާ ރައްޔިތުން ސަހްޔޫނީން އަންނަނީ ހުރަސްއަޅަމުން ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާން ސްޓެފަން ޑުޖާރިކް ވަނީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާފުވެ އިއްޔެ ޣައްޒާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޫޖާރިކް ވަނީ ޣައްޒާގައި ތިބި ހުރިހާ އަސީރުންގެ ހަށިގަނޑު އަނބުރާ ގެނައުމަށް ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވުން އަލުން ގޮވާލައި، ޣައްޒާގައި އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކަށް އިތުރު ހުރަސްއެޅިދާނެ އަމަލުތަކުން ހުރިހާ ފަރާތްތަކުން ދުރުހެލިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އެމެރިކާ އާއި ޔޫރަޕްގެ ތާއީދާއެކު އިސްރާއީލުގެ ސިފައިން ވަނީ ބައިނަލްއަގްވާމީ އިސްތިއުނާފުތަކާއި އަދާވާތްތެރިކަން ހުއްޓާލުމަށް ބައިނަލްއަޤްވާމީ ކޯޓުން ނެރުނު އަމުރުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ފުރައްސާރަކޮށް، ގިނަ ބަޔަކު ޝަހީދުކޮށްލުމާއި ބަނޑުހައިހޫނުކަމާއި ފަނާކުރުންތަކާއި މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށްލުމާއި ޣައްޒާގެ ރައްޔިތުން ރަހީނުކޮށްފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ފަލަސްތީނުގެ 238،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދިވެސް 11،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، މިލިއަނެއްހާ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved