April 22, 2026
Advertisement
-
- / އިންޑިއަން އެކްސްޕްރެސް

ބޮލީވުޑްގެ ރާމް ގޯޕާލް ވަރްމާ ފަލަސްތީނުގެ މުސްލިމުންނަށް ފުރައްސާރަ ކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 23, 2025, 04:47 PM
މާލެ ސިޓީ

ބޮލީވުޑްގެ މަޝްހޫރު ތަރި ރާމް ގޯޕާލް ވަރްމާ ފަލަސްތީނުގެ މުސްލިމުންނަށް ފުރައްސާރަ ކޮށްފިއެވެ.

Advertisement

ހިންދޫ ދީނުގައި ފާހަގަކުރަމުން އަންނަ ދިވާލީ ފެސްޓިވަލް  އާއި ގުޅުވާ ގޯޕާލް ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާގައި ދިވާލީ ފާހަގަކުރަނީ އެންމެ ދުވަހަކު ކަމަށާއި ފަލަސްތީނުގެ ޣައްޒާގައި ކޮންމެ ދުވަހަކީ ދިވާލީ ކަމަށް ބުނެފައިވެއެވެ. އަދި އެ މެސެޖްގައި އަލިފާން ސިފަވާ ފަދަ އިމޯޖީއެއްވެސް ބޭނުންކޮށްފައިވެއެވެ.

ގޯޕާލްގެ މި ޕޯސްޓާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ޣައްޒާގައި ސަހްޔޫނީން ހިންގަމުން އަންނަ ގަތުލުއާންމަށް ތާއީދުކޮށް އެމީހުންނަށް ވާގިވެރިވެ އެންމެ ގިނައިން ވާހަކަ ދައްކާ ބަޔަކީ ސަހްޔޫނީންގެ އިތުރުން މޯދީ ސަރުކާރާއި އިންޑިއާގެ ރައްޔިތުންނެވެ.

-
-

މިފަހުންވެސް އިންޑިއާގެ ޝޯވ އެއްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް މަލާމާތްކޮށް ފުރައްސާކުރި ވީޑިއޯއެއް ވައިރަލްވެފައެވެ.

އެ ވީޑިއޯގައި ފަލަސްތީނުގެ ރައްޔިތުން ހެނދުނުގެ ނާސްތާއަށް އެންމެ ކަމުދަނީ ކޯއްޗެއްތޯ ކުރެވުނު ސުވާލަށް ޝޯވގެ ހޯސްޓްވަނީ “މިސައިލް/ބޮން” ކަމަށް ބުނެ މަލާމާތްކޮށްފައެވެ.

މޯދީ ސަރުކާރަކީ ފާޅުގައި ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ވާހަކަ ދައްކާ ސަހްޔޫނީން ހިންގަމުންދާ ހަނގުރާމައިގައި އެމީހުންނަށް ހަތިޔާރުވެސް ފޯރުކޮށްދެމުން އަންނަ ބަޔެކެވެ. މިކަމާއި ގުޅިގެން މޯދީގެ އަނިޔާވެރި ސަރުކާރަށް ގިނަ ގައުމުތަކުން އަންނަނީ ފާޑުކިޔާ އެ ގައުމަށް އެކި ގޮތްގޮތުން ދަތިކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved