
ގައުމުގައި މިއަދު ފެނިގެން ދަނީ ރައީސް މީހާ ހުއްޓުމެއް ނެތި ދަތުރުކުރުމުގައި އުޅުއްވާއިރު، ދައުލަތުގެ ވުޒާރާތައް ވާނުވާގައި އޮތް މަންޒަރު ކަމަށް ޕީއެންއެފްގެ ފައުންޑިން މެމްބަރު އަހުމަދު ޝާމިލު (ސޭލު) ވިދޅާުވެއްޖެއެވެ.
ޝާމިލު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން ރާއްޖޭގެ މަޝްހުރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އޭނާގެ ދަރިއަށް އިހުމާލުވަނީ ކަމަށް ބުނެ އެ ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން އޭނާ ދިރިއުޅޭ ގެއަސް ވުޒާރާގެ ޓީމެއް ދިޔަ ކަމަށާ ނަމަވެސް މައީޝާއަކި މިހާތަނަށް އަދި ދަރިއަކު ހުރި މީހެއް ނޫން ކަމަށް ބުނެ މީޑިޔާއެއްގައި ރިޕޯޓުކޮށްފައިވާ ހެޑްލައިނެއް ޝާމިލު ވަނީ އޭނާގެ އެކްސްގައި ހިއްސާކުރައްވާފައެވެ.
ޝަމިލު ވިދާޅުވެފައިވަމީ އެފަދަ ކަންކަމުން ހާމަވެގެން ދަނީ ދައުލަތުގެ ވުޒާރާތައް އޮތް ހާލު ކަމަށާ އެއީ ސަރުކާރުގެ ފެއިލިޔަރ އެއް ކަމަށެވެ. އަދި އެފަދަ ހާލެއްގައި ދައުލަތުގެ ވުޒާރާތައް އޮތްއިރު ރައީސް މީހާ އުޅުއްވަނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ކަމަށާ އެމަނިކުފާނުގެ ފަރުވާލެއް ގައުމުގެ ކަންކަމަށް ނެތް ކަމަށްވެސް ޝާމިލު ވަނީ ވިދާޅުވެފައެވެ.
ޝާމިލު ވިދާޅުވި ގޮތުގައި ޖެންޑަރ މިނިސްޓްރީގެ އެ އަމަލުން ފެނިގެން ދަނީ ސަރުކާރުގެ ވުޒާރާތަކުގައި މިވަގުތު ކުރާނެ މަސައްކަތެއް ނެތުމުގެ ނަތީޖާ ކަމަށެވެ.




