
އީދުގެ އުފާވެރިކަމާ އެކު ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ "މާޝިމާލި ޕެރޭޑް" އާ ގުޅިގެން އާޒިމާގެ އީދު ހަރާބުވެއްޖެކަމަށް ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލު އާޒިމާ ޝުކޫރު ކުރެއްވި ފޭސްބުކް ޕޯސްޓަކާ ގުޅިގެންނެވެ. އާޒިމާ ވިދާޅުވި ގޮތުގައި މުޅި ރާއްޖެއިން ފެންނަމުންދާ އީދުގެ އިޖުތިމާއީ އުފާވެރިކަމާއި އާއިލީ ރޫހު، މި ޕެރޭޑުގެ ސަބަބުން ކެނޑިގެން ގޮސްފައިވެ އެވެ.
ޕެރޭޑުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ހުށަހެޅި ސިޔާސީ މަންޒަރުތަކާ މެދު އާޒިމާ ބޮޑު ނުރުހުމެއް ފާޅުކުރެއްވި ނަމަވެސް، ސަރުކާރުގެ ތެރެއިން މިއާ މުޅިން ތަފާތު ހިޔާލެއް ވަނީ ފެންމަތިވެފަ އެވެ.
އެގޮތުން ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން (މުންދު) ވަނީ މި ޕެރޭޑުގެ ހަރަކާތްތަކަށް ތައުރީފުކުރައްވައި، އެކްސް ގައި އެ ޕެރޭޑުގެ ވީޑިއޯތަކެއް ރީޕޯސްޓް ކުރައްވާފަ އެވެ.
ކުޅުދުއްފުށީގެ މާލި ޕެރޭޑަކީ އަބަދުވެސް ސިޔާސީ އަދި އިޖުތިމާއީ ކަންކަމަށް މަޖާޒީ ގޮތެއްގައި ފާޑުކިޔުމުގެ ދިގު ތާރީހެއް އޮންނަ، ގިނަ ބައެއްގެ ސަމާލުކަން ހޯދާ ހަރަކާތެކެވެ.




