theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުބީން / ޕީއެސްއެމް
ސިޔާސީ
މެންދުރާ ރޭގަނޑާ ހެނދުނާ، ނަން ނަމުގައި ނޫސްތަކުން ވާހަކަ ފެތުރިޔަސް ރައީސް ޔާމީން ފަހަތަށް ނުޖެއްސޭނެ: ޝާމިލު
Mariyam Isaadha
މަރިޔަމް އިސާދާ
29 އޮކްޓޯބަރު 2025
މާލެ ސިޓީ

މެންދުރާ ރޭގަނޑާ ހެނދުނާ، ނަން ނަމުގައި ނޫސްތަކުން ވާހަކަ ފެތުރިޔަސް ރައީސް އަބްދުﷲ ޔާމީން ފަހަތަށް ނުޖެއްސޭނެ ކަމަށް ޕީއެންއެފްގެ ފައުންޑިން މެމްބަރު އަހުމަދު ޝާމިލު ވިދާޅުވެއްޖެެއެވެ.

ރައީސް ޔާމީން ކޯޓަށް ކިޔާފައި އޮއްވާ ދިއްދޫއަށް ވަޑައިގެންނެވީ ކޯޓަށް ފިއްލަވާ ގާނޫނަށް ގޮން ޖައްސަވާ ކަމަށް ބުނެ އާރުސީއެލްގެ ކުރިގެ އެމްޑީ އަހުމަދު މުބީންގެ ހިއްސާ އޮންނަ މެންދުރު އޮންލައިންއިން ދޮގު މައުލޫމާތު ފަތުރާފައިވެއެވެ.

އެކަމަށް އިޝާރާތްކުރައްވާ ޝާމިލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު ކޯޓަށާ ގާނޫނަށް ފިއްލަވާނެނަމަ ފިއްލަވާނީ މިއަދަކު ނޫން ކަމަށެވެ.

އެމަނިކުފާނު ތިން އަހަރުގެ ނުހައްގު ހުކުމެއް ތަންފީޒުކުރެއްވުމުގެ ހިތްވަރު ހުރިއިރު ދެން މިހާރު ފިލުމުގެ ބޭނުމެއް ނެތްކަން ފާހަގަކުރައްވާ ޝާމިލު އިތުރަށް ވިދާޅުވެފައިވަނީ، މެންދުރާ ރޭގަނޑާ ހެނދުނާ، ނަން ނަމުގައި ނޫސްތަކުން ވާހަކަ ފެތުރިޔަސް ރައީސް ޔާމީން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

މުބީން މިހާރު މަގާމެއްގެ ދަހިވެތިކަމުގައި ކުރަމުން އަންނަ އެފަދަ ޖަރީމާތަކަކީ ސައި ބޯނި ބޮކިތަކެއްގެ ގޮތުގައި ވެސް ޝާމިލު ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved